ރައީސް ޔާމީން ހައްޔަރުކުރުމަށް ގޮވާލައި ގެކޮޅަށް ސްޕްރޭ ކޮށްފައި
ރައީސް ޔާމީން ހައްޔަރުކުރުމަށް ގޮވާލައި ގެކޮޅަށް ސްޕްރޭ ކޮށްފައި
ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރ ރައީސް ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމް ހައްޔަރުކުރުމަށް ގޮވާލައި އެމަނިކުފާނުގެ ގެކޮޅަށް ސްޕްރޭ ކޮށްފިއެވެ.

މިކަމާގުޅޭ ގޮތުން ޕީޕީއެމުން ރަސްމީކޮށް އެއްވެސް އެއްޗެއް ބުނެފައި ނުވާއިރު މިކަން ކޮށްފައިވަނީ ރޭގެ ވަގުތެއްގައިކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

ރައީސް ޔާމީން ދިރުއުޅުއްވާ ހ. ދޫވެއްސާއި ޕީޕީއެމްގެ އޮފީސް ހުންނަ ހ. ހުރަފަގޭގެ ދޮރުމައްޗަށް ރައީސް ޔާމީން ހައްޔަރުކުރަން ގޮވާލާ ކަރުދާސްތަކެއް އަޅާފައިވާ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި މިހާރު ދަނީ ދައުރުވަމުންނެވެ. ކަރުދާސް އެޅުމުގެ އިތުރުން ރައީސް ޔާމީން ދިރިއުޅުއްވާ ގެކޮޅަށްވެސް ވަނީ ސްޕްރޭކޮށްފައިވެ އެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ފޮޓޯތަކަކުން ފެންނަ ގޮތުގައި ގޭ ދޮރުމައްޗަށް އަޅާފައިވާ ލިޔުންތަކުގައިވަނީ "އެރެސްޓް ޔާމީން ޢަބްދުލް ޤައްޔޫމް" އެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނެފައިވަނީ ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ ގެކޮޅަށާއި އިދިކޮޅު ޕީޕީއެމްގެ އޮފީހަށް ގެއްލުންދީފައިވާ މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި އެ މައްސަލަ ބަލަމުންދާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

ދާދިފަހުން ރައީސް ޔާމީން ހައްޔަރުކުރުމަށް ގޮވާލާ، އެމަނިކުފާނު ދިރިއުޅުއްވާ ގެކޮޅު ހ. ދޫވެހި ކައިރިއަށް މޯލްޑިވްސް ޔޫތު ފޯސްގެ ނަމުގައި ހަރަކާތްތެރިވަމުން އަންނަ ގުރޫޕަކުން ވަނީ އެއްވެފައެވެ. އެ ގުރޫޕަށް ނިސްބަތްވާ މަދު ބަޔަކު އެ ސަރަހައްދަށް އެއްވެ ރައީސް ޔާމިން އިސްވެ ހިންގަވާ "އިންޑިއާ އައުޓް" ހަރަކާތާ ދެކޮޅަށް ވަނީ އަޑު އުފުލާފައެވެ.

މޯލްޑިވްސް ޔޫތު ފޯސްގެ ނަމުގައި ހަރަކާތްތެރިވަމުން އަންނަ އެ ގުރޫޕުން ވަނީ ރައީސް ޔާމީން ސައިޒު ކުރާނެ ކަމަށް އިންޒާރު ދީފައެވެ. އެ ގްރޫޕުން ރައީސް ޔާމީނަށް އިންޒާރުދިން މައްސަލަ އިދިކޮޅު ކޯލިޝަނުން މިހާރު ވަނީ ފުލުހަށް ހުށައަޅާފައެވެ.



ކިޔުންތެރިންގެ ހިޔާލު