"ޢުމަރު 2023" ގެ ކެމްޕޭން ޕްލޭން ކުރުމުގެ މަސައްކަތް ފަށައިފިއެވެ.
2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރަށްވާނެކަން އިޢުލާނު ކުރަށްވާފައިވާ ޢުމަރު ނަސީރު މިއަދު ވިދާޅުވީ ރާއްޖެ މުޅިން އާމިސްރާބަކަށް ބަދަލުކޮށްލުމަށް ފަށާ "ޢުމަރު2023" ކެމްޕޭން ޕްލޭން ކުރުމުގެ މަސައްކަތް ހަލުވިކަމާއެކު މިހާރު ކުރިއަށް ގެންދަވާ ކަމަށެވެ. އަދި ކެމްޕޭންގައި ޙަރަކާތްތެރިވާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާކަމަށްވެސް ޢުމަރު ވިދާޅުވިއެވެ.
އެއްވެސް ވެރިޔަކަށް ރާއްޖޭގައި ހުރި ބޮޑެތި މައްސަލަތައް ހައްލެއްނުވި ކަމަށްވެސް އުމަރު ވިދާޅުވިއެވެ. އެގޮތުން ޑްރަގާއި، ބިދޭސީ ސިފައިން ތިބިތިބުމާއި، ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންވީ އިތުރު ކަމަށް އުމަރު ވިދާޅުވިއެވެ.
"އިސްލާމީ ޝަރީއަތާ، ހަރުދަނާ ސިޔާސަތު ގެ ތެރެއިން ބޮޑެތި މައްސަލަތައް ޙައްލު ކުރަން އަޅުގަޑުގެ ކެމްޕޭނާ ގުޅިވަޑައިގެން ހިލޭސާބަހަށް މަސައްކަތް ކޮށްދެއްވާ." ޢުމަރު ވިދާޅުވެފައިވެއެވެ.
މީގެ ކުރިން ޢުމަރު ވިދާޅުވެފައިވަނީ، ދުނިޔޭގައި ރިޔާސީ ނިޒާމް އޮތް ގައުމުތަކުގައި ވަކި ޕާޓީއަކަށް ވެރިކަން ދިނުމުގެ ވިސްނުން ބަދަލުވެ، މީހާގެ ޤާބިލްކަމާއި، ތަޖުރިބާއަށް ބަލައި ނިންމުން ނިންމާފައިވާތަން ފެނިފައިވާކަމަށެވެ. ރާއްޖެވެސް މިއަދު މިވަނީ އެމިސްރާބަށް ރައްޔިތުންގެ ވިސްނުން ދާ ހިސާބަށް ގޮސްފައިކަމުގައި އުމަރު ވިދާޅުވިއެވެ. އެމްޑީޕީއާއި، ޕީޕީއެމަކީ ރާއްޖޭގައި އޮންނަންޖެހޭ ހަމައެކަނި ފިކުރުކަމަށް ބައެއް ބޭފުޅުން ދުށް ނަމަވެސް އެކަން 2023ގައި ބަދަލު ކުރާނެ ކަމަށް އުމަރު ވިދާޅުވިއެވެ.
ޢުމަރު ވިދާޅުވީ، އެމްޑީޕީ އާއި ޕީޕީއެމްގައި ލީޑަރުންނަށް ތިއްބެވި ދެބޭފުޅުންނަކީ އެއްފަހަރު ރައްޔިތުން ފުރުސަތު ދީ ފެއިލްވެފައިވާ ދެބޭފުޅުންނަށްވާއިރު، ޕާޓީން އަތްދޫކޮށްލަން ބޭނުން ނުވަނީ އެހެންބަޔަކަށް އެފުރުސަތު ފަހިވެދާނެތީކަމަށެވެ.
2008 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ބާއްވާފައިވާ ހުރިހާ ރިޔާސީ އިންތިޚާބެއްގައިވެސް ވާދަކުރަށްވާނެކަމަށް އިޢުލާނު ކުރަށްވަމުން ގެންދަވާ ޢުމަރު ނަސީރު މިހާތަނަށް ވާދަކުރަށްވާފައިވަނީ ހަމައެކަނި 2008 ގެ ރިޔާސީ އިންތިޚާބުގައެވެ. އެ އިންތިޚާބުގައި 2472 ވޯޓާއެކު ޢުމަރަށް ލިބިވަޑައިގަތީ ފަސް ވަނައެވެ.

ކިޔުންތެރިންގެ ހިޔާލު