ނޭޓޯއާ ގުޅިއްޖެނަމަ ނަތީޖާ ހިތިވާނެކަމަށް ބުނެ ރަޝިޔާއިން ފިންލަންޑަށް ވަރުގަދަ އިންޒާރެއް ދީފިއެވެ.
މިހާރުވެސް ޔޫކްރެއިނަށް އަރައި ހަމަލާދެމުންދާ ރަޝިޔާއިން ފިންލެންޑަށް އިންޒާރު ދީފައި މިވަނީ ވަރަށް އަވަހަށް ނޭޓޯއާ ގުޅޭނެކަމަށް ބުނެ ފިންލަންޑުގެ ރައީސް އެސް ނިނިސްޓޯ އާއި ބޮޑުވަޒީރު އެސް. މާރިން ވާހަކަދައްކާފައިވާ ދަނޑިވަޅެއްގައެވެ. އަނެއްކޮޅުން މިއީ ފިންލަންޑުން މީގެކުރިން ގެންގުޅެމުންދިޔަ ވަކި ފަރާތަކަށް ނުޖެހޭ ހާރިޖީ ސިޔާސަތާއިވެސް ދެކޮޅަށް ދެއްކި ވާހަކަތަކެކެވެ.
ފިންލަންޑުގެ ވެރިން ދެއްކެވި ވާހަކަތަކުގެ ސަބަބުން ރަޝިޔާގެ ހާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ވަނީ ނޭޓޯއާ ގުޅިއްޖެނަމަ އެކަމުގެ ސަބަބުން ފިންލަންޑަށް ކުރިމަތިވެދާނެ ކަންކަމުގެ ޒިންމާ ނެގުމަށް ތައްޔާރަށް ތިބުމަށް ބުނެ އިންޒާރުދީފައެވެ. އަދި ރަޝިޔާއާ ބޯޑަރު ހިއްސާކުރާ ފިންލަންޑުން އެފަދަ ނިންމުމެއް ނިންމައިފިނަމަ އެކަމާއި ގުޅިގެން ފިޔަވަޅު އަޅަން ރަޝިޔާއަށް މަޖުބޫރުވާނޭކަމަށްވެސް ބަޔާނުގައިވެއެވެ.
"ފިންލަންޑުން ނޭޓޯއާ ގުޅިއްޖެނަމަ އުތުރު ޔޫރަޕްގެ ސަރަހައްދުގެ ސަލާމަތާއި ހަމަޖެހުމަށް މުހިއްމު ރަޝިޔާ-ފިންލަންޑުގެ ގުޅުމަށް ވަރަށް ބޮޑު އަސަރެއް ކުރާނެ" ރަޝިޔާގެ ބަޔާނުގައިވެއެވެ.
ރަޝިޔާއިން ބުނީ ފިންލަންޑުން ނޭޓޯއާ ގުޅިއްޖެނަމަ ރަޝިޔާގެ ސަލާމަތާއި ރައްކާތެރިކަމަށް އަސްކަރީގޮތުންނާއި އެހެނިހެން ގޮތްގޮތުން ފިޔަވަޅު އަޅަން މަޖުބޫރުވާނޭކަމަށެވެ.
ރަޝިޔާއިން ބުނާގޮތުން ފިންލަންޑުން ނޭޓޯއާ ގުޅުމަކީ، މީގެކުރިން ފިންލަންޑާއި ރަޝިޔާއިން ޤާއިމްކޮށްފައިވާ ސުލްހައިގެ މުއާހަދާތަކާއިވެސް ހިލާފު ނިންމުމަކަށްވާނެކަމަށެވެ.
ރަޝިޔާއާއި ފިންލަންޑުން 800 މޭލުގެ ބޯޑަރެއް ހިއްސާކުރާއިރު، ރަޝިޔާއާ ބޯޑަރު ހިއްސާކުރާ އެއްވެސް ޤައުމެއް ނޭޓޯގެ މެމްބަރަކަށްވުމަކީ ރަޝިޔާއިން ރުހޭ ކަމެއް ނޫނެވެ. ރަޝިޔާއިން ޔޫކްރެއިނަށް އަރައިގަނެ، އެޤައުމު ހިފަން މަސައްކަތްކުރާ މައިގަނޑު ސަބަބަކީވެސް ޔޫކްރެއިނުން ނޭޓޯއާ ގުޅެން ކުރި މަސައްކަތެވެ.

Finland said it would apply to join NATO 'without delay,' with Sweden expected to follow suit, suggesting Russia's invasion of Ukraine will bring about the very expansion of the Western military alliance that Vladimir Putin aimed to prevent https://t.co/Orl7oglNae 1/5 pic.twitter.com/9peSJmFWZb
— Reuters (@Reuters) May 12, 2022
ފިންލަންޑުގެ ވެރިން ދެއްކެވި ވާހަކަތަކުގެ ސަބަބުން ރަޝިޔާގެ ހާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ވަނީ ނޭޓޯއާ ގުޅިއްޖެނަމަ އެކަމުގެ ސަބަބުން ފިންލަންޑަށް ކުރިމަތިވެދާނެ ކަންކަމުގެ ޒިންމާ ނެގުމަށް ތައްޔާރަށް ތިބުމަށް ބުނެ އިންޒާރުދީފައެވެ. އަދި ރަޝިޔާއާ ބޯޑަރު ހިއްސާކުރާ ފިންލަންޑުން އެފަދަ ނިންމުމެއް ނިންމައިފިނަމަ އެކަމާއި ގުޅިގެން ފިޔަވަޅު އަޅަން ރަޝިޔާއަށް މަޖުބޫރުވާނޭކަމަށްވެސް ބަޔާނުގައިވެއެވެ.
"ފިންލަންޑުން ނޭޓޯއާ ގުޅިއްޖެނަމަ އުތުރު ޔޫރަޕްގެ ސަރަހައްދުގެ ސަލާމަތާއި ހަމަޖެހުމަށް މުހިއްމު ރަޝިޔާ-ފިންލަންޑުގެ ގުޅުމަށް ވަރަށް ބޮޑު އަސަރެއް ކުރާނެ" ރަޝިޔާގެ ބަޔާނުގައިވެއެވެ.
Kremlin says Finland joining NATO is definite threat to Russia https://t.co/IR7GSssCKd pic.twitter.com/jCYH5kkPLs
— Reuters (@Reuters) May 12, 2022
ރަޝިޔާއިން ބުނީ ފިންލަންޑުން ނޭޓޯއާ ގުޅިއްޖެނަމަ ރަޝިޔާގެ ސަލާމަތާއި ރައްކާތެރިކަމަށް އަސްކަރީގޮތުންނާއި އެހެނިހެން ގޮތްގޮތުން ފިޔަވަޅު އަޅަން މަޖުބޫރުވާނޭކަމަށެވެ.
ރަޝިޔާއިން ބުނާގޮތުން ފިންލަންޑުން ނޭޓޯއާ ގުޅުމަކީ، މީގެކުރިން ފިންލަންޑާއި ރަޝިޔާއިން ޤާއިމްކޮށްފައިވާ ސުލްހައިގެ މުއާހަދާތަކާއިވެސް ހިލާފު ނިންމުމަކަށްވާނެކަމަށެވެ.
ރަޝިޔާއާއި ފިންލަންޑުން 800 މޭލުގެ ބޯޑަރެއް ހިއްސާކުރާއިރު، ރަޝިޔާއާ ބޯޑަރު ހިއްސާކުރާ އެއްވެސް ޤައުމެއް ނޭޓޯގެ މެމްބަރަކަށްވުމަކީ ރަޝިޔާއިން ރުހޭ ކަމެއް ނޫނެވެ. ރަޝިޔާއިން ޔޫކްރެއިނަށް އަރައިގަނެ، އެޤައުމު ހިފަން މަސައްކަތްކުރާ މައިގަނޑު ސަބަބަކީވެސް ޔޫކްރެއިނުން ނޭޓޯއާ ގުޅެން ކުރި މަސައްކަތެވެ.
ކިޔުންތެރިންގެ ހިޔާލު