ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރ މުހައްމަދު މަލީހް ޖަމާލު ރައީސް ޞާލިޙްގެ އަރިހުގައި
ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރ މުހައްމަދު މަލީހް ޖަމާލު ރައީސް ޞާލިޙްގެ އަރިހުގައި
އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިޚާބާ ގުޅިގެން ކުރިއަށްގެންދާ ބަހުސްތަކުން ފަޅާއަރަމުންދަނީ އެމްޑީޕީގެ ވައްކަމާ ކޮރަޕްޝަން ކަމަށް މި ސަރުކާރުގެ ފުރަތަމަ ޓެކްނޮލޮޖީ މިނިސްޓަރ މުހައްމަދު މަލީހް ޖަމާލު ވިދާޅުވެއްޖެއެވެ.

މަލީހަކީ މިސަރުކާރު ގެނައުމުގައި އިސް ދައުރެއް އަދާކުރެއްވި ބޭފުޅެއްގެ އިތުރުން، ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ވަޒީރުންގެ މަޖިލީހުގައިވެސް ހިމެނިވަޑައިގެންނެވި ބޭފުޅެކެވެ. ނަމަވެސް މަލީހު ވަނީ ފަހުން އެމަޤާމުން ވަކިކޮށްފައެވެ.

މަޖިލީހުން އިތުބާރު ނެތްކަމަށް ފާސްކޮށް މަޤާމުން ވަކިކުރުމުން އިދިކޮޅު ޕީޕީއެމާއި ގުޅިވަޑައިގެންނެވި މަލީޙް މިއަދު ވިދާޅުވީ، އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިޚާބާ ގުޅިގެން ކުރިއަށްގެންދާ ބަހުސްތަކުން ފަޅާއަރަމުންދަނީ އެމްޑީޕީގެ ވައްކަމާ ކޮރަޕްޝަން ކަމަށެވެ. އެމްޑީޕީގައި ހެޔޮ ވެރިކަމެއް ކޮށްދިނުމުގެ ކަންފުޅެއް ނެތްކަމަށް މަލީޙް ވިދާޅުވިއެވެ. އޭގެ އިތުރުން ދިވެހިންނަށް އޮތް ޙައްލަކީ އެމްޑީޕީއަށް ނޫނެކޭ ބުނުން ކަމަށް މަލީޙް މިއަދު ވިދާޅުވިއެވެ.

އެމްޑީޕީ އަކީ ވެރިކަމަށް ކުފޫ ހަމަވާ ބައެއް ނޫން ކަމަށާއި މަޖްލީހުގެ މެޖޯރިޓީގެ ބޭނުންކޮށްގެން އެމްޑީޕީން ދަނީ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް މަލީޙް ވިދާޅުވިއެވެ.

"ހައްލަކީ އެމްޑީޕީއަށް ނޫނެކޭ ބުނުން." މަލީޙް ވިދާޅުވެފައިވެއެވެ.



މީގެ ކުރިންވެސް މަލީޙް ވިދާޅުވީ 65 ގޮނޑި ހޯދައިގެން އެމްޑީޕީއިން އަދިވެސް ދައްކަނީ ބަހަނާކަމަށެވެ. އަދި އެމްޑީޕީން އަދިވެސްދަނީ ރައްޔިތުންނަށް އޮޅުވާލަމުންކަމަށް މަލީޙް ވަނީ ތުހުމަތު ކުރައްވާފައެވެ.

މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިޚާބުގެ ބަހުސްތަކުގައި އެއްބޭފުޅަކު އަނެއް ބޭފުޅެއްގެ ބޮލުގައި ވައްކަމާ ޚިޔާނާތާ ނާޖާއިޒް ފައިދާ ހޯދުމުގެ ތުހުމަތުތައް ދަނީ އަޅުވަމުންނެވެ. މި އިންތިޚާބުގައި ވާދަކުރަށްވަނީ އިޤްތިޞާދީ ވަޒީރު ފައްޔާޒު އިސްމާޢީލާއި މާފަންނު އުތުރުދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީއެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގެ ވޯޓްލުން ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު 9 އަކުން ހަވީރު 4 ކަށެވެ. މި އިންތިޚާބުގައި އެމްޑީޕީގެ ޗެއާޕާސަން އަކު ހޮވުމާއި އަންހެނުންގެ ގޮފީގެ ރައީސް ކަމަށް ބޭފުޅަކު ހޮވުމާއި ޒުވާނުންގެ ހިތްވަރަށް ބޭފުޅުން އިންތިޚާބު ކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ.



ކިޔުންތެރިންގެ ހިޔާލު