ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް އެމްޑީޕީނޫން އަށްޑިހަ ހާސް މީހުން ވޯޓުދިން ކަމަށާއި މިވެރިކަމަކީ އެމްޑީޕީ މެންބަރުން އެކަނި ވޯޓުދީގެން ލިބުނު ވެރިކަމެއް ނޫންކަން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަރޑް އިބްރާހިމް މުޙައްމަދު ދީދީ އަލީ އާޒިމަށް ހަނދާން ކޮށްދެއްވައިފިއެވެ.
ޖެނެރަލް ދީދީ މިކަން ހަނދާން ކޮށްދެއްވާފައިވަނީ އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިޚާބުގައި އެމްޑީޕީގެ ހުރިހައި މެންބަރުން ނިކުމެ، ކޯލިޝަން ސަރުކާރެއް ބޭނުން ނުވާ ކަމަށް ވޯޓް ދޭން ޖެހޭ ކަމަށް ރައްޔިތުން މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވުމާ ގުޅިގެން އެކަމަށް ރައްދު ދެއްވުމުގެ ގޮތުންނެވެ.
އާޒިމް ވިދާޅުވީ ރައްޔިތުން ވޯޓުދިނީ އެމްޑީޕީއަށް ކަމަށާއި ކޯލިޝަނަށް ނޫން ކަމަށެވެ. އެހެންނަަމަވެސް ސަރުކާރު ހިންގަނީ އެމްޑީޕީގެ ސިޔާސަތު ތަކަކަށް ނޫން ކަމަށް އާޒިމް ވިދާޅުވިއެވެ.
"ކޯލިޝަނާ ވަކިވުމަށް އެމްޑީޕީ މެންބަރުން އިންތިއަށް ވޯޓުލައްވާ." އާޒިމް ވިދާޅުވެފައިވެއެވެ.
މެންބަރު އާޒިމަށް ރައްދު ދެއްވަމުން ޖެނެރަލް ދީދީ ވިދާޅުވީ ރައީސް ޞާލިޙަށް ރިޔާސީ އިންތިޚާބުގައި ލިބުނު އެއްލައްކަ ތިރީސްހާސް ވޯޓުގެ ތެރެއިން އަށްޑިހަ ހާސް ވޯޓަކީ އެމްޑީޕީގައި ނުހިމެނޭ މީހުން ކަމަށެވެ. އޭގެ އިތުރުން ކޯލިޝަނަށް އިޙްތިރާމް ކުރެއްވުމަކީ ރައީސް ޞާލިޙްގެ އިޚްލާސްތެރިކަން ސާފުވާ ކަމެއްކަމަށްވެސް ޖެނެރަލް ދީދީ ވިދާޅުވިއެވެ.
"އެމްޑީޕީގައި ނުހިމެނޭ އަށްޑިހަ ވަރަކަށް ހާސް މީހުން ވޯޓުދިނީ ކޯލިޝަނަކުން ނޫންތޯ؟" މެންބަރު ޢަލީ އާޒިމަށް ރައްދު ދެއްވަމުން ޖެނެރަލް ދީދީ ވިދާޅުވިއެވެ.
އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިޚާބުގައި މެންބަރު އިމްތިޔާޒްގެ އިތުރުން ދެން ވާދަ ކުރައްވަނީ، ރައީސް ޞާލިޙް ތާއީދު ކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލެވެ. އިންތިއަށް ތާއީދު ކުރައްވަނީ ރައީސް ނަޝީދެވެ.
"އިންތިއާއި އިންތިގެ ޓީމުގެ މަސައްކަތްތައް ފެނި މި އިންތިހާބު އިންތި ކާމިޔާބު ކުރާނެކަމާ މެދު އަޅުގަނޑުގެ ފުރިހަމަ ޔަގީންކަން އެބައޮތް. ތިޔައީ ގަދަ ޓީމެއް. އެމްޑީޕީގެ އެންމެން ނުކުމެ އިންތިއަށް ވޯޓުއަޅައި ވޯޓު ފޮށި ފުރާލާ. ކޯލިޝަން ސަރުކާރެއް ބޭނުމެއް ނޫނޭ ބުނޭ." އާޒިމް އިތުރަށް ވިދާޅުވެފައިވެއެވެ.

Izzaiy theri member R IMS @ibusolih ah libivadaigen 130,000 vote ge therein MDP ga nuhimeney 80 varakah haas meehun vote dhinee coalition akah nun thoa? Coalition ah ihthiraam kurevvun e ee Raees Solih ge ikhlaas therikan saafu vaa kameh. pic.twitter.com/x9kpvnvL4n
— Ibrahim M Didi (@ibrahimmdidi) May 13, 2022
އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިޚާބުގައި މެންބަރު އިމްތިޔާޒްގެ އިތުރުން ދެން ވާދަ ކުރައްވަނީ، ރައީސް ޞާލިޙް ތާއީދު ކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލެވެ. އިންތިއަށް ތާއީދު ކުރައްވަނީ ރައީސް ނަޝީދެވެ.
"އިންތިއާއި އިންތިގެ ޓީމުގެ މަސައްކަތްތައް ފެނި މި އިންތިހާބު އިންތި ކާމިޔާބު ކުރާނެކަމާ މެދު އަޅުގަނޑުގެ ފުރިހަމަ ޔަގީންކަން އެބައޮތް. ތިޔައީ ގަދަ ޓީމެއް. އެމްޑީޕީގެ އެންމެން ނުކުމެ އިންތިއަށް ވޯޓުއަޅައި ވޯޓު ފޮށި ފުރާލާ. ކޯލިޝަން ސަރުކާރެއް ބޭނުމެއް ނޫނޭ ބުނޭ." އާޒިމް އިތުރަށް ވިދާޅުވެފައިވެއެވެ.
ކިޔުންތެރިންގެ ހިޔާލު