އެމްއެމްޕީއާރުސީ ޚިޔާނާތުގެ ލިސްޓަށް ބަދަލު ގެނައުމަކީ ޤާނޫނީ ކުށެއް ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީގެ ނާއިބު ރައީސް އަޙްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
ޝަރީފް މިބީދައިން ވިދާޅުވެފައިވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނުކަމަށް ބެލެވޭ މީހުންގެ އަސްލު ލިސްޓު ވަރަށް އަވަހަށް އާންމު ކުރާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވުމާ ގުޅިގެންނެވެ. ފައްޔާޒު ވިދާޅުވެފައިވަނީ، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު ކަމަށް ބެލެވޭ މީހުންގެ ނަންތައް ހިމެނޭ ލިސްޓެއް ރައްޔިތުންގެ މަޖިލީހުން އާންމުކުރީ ބައެއް ނަންތައް އުނިކުރުމަށް ފަހު ކަމަށެވެ.
ފައްޔާޒްގެ ވާހަކަތަކާ ގުޅިގެން ޝަރީފް ވިދާޅުވީ ޤާނޫނު އަސާސީން ދަޢުލަތުގެ ޚިޔާނާތް ބެލުމަށް މަތިކޮށްފައިވަނީ އޭސީސީއާ ކަމަށެވެ. ނަމަވެސް އެމްއެމްޕީއާރުސީގެ ޚިޔާނާތް ބެލުމަށް ޤާނޫނުއަސާސީގެ ދަށުން ވަކި ކޮމިޝަނެއް ރައީސުލްޖުމްހޫރިއްޔާ އުފެއްދެވިކަމަށް ޝަރީފް ވިދާޅުވިއެވެ. އެތަނުގެ ރިޕޯޓަށް އުނިއިތުރު ގެނައި ބަޔަކަށް ފިޔަވަޅު އަޅަން ޖެހޭނެ ކަމަށްވެސް ޝަރީފް ވަނީ ވިދާޅުވެފައެވެ.
"އެ ރިޕޯޓަށް އުނިއިތުރު ގެނައުމަކީ ޤާނޫނީ ކުށެއް. އެކަން ކުރި ބަޔަކު ހޯދަންޖެހޭ." ޝަރީފް ވިދާޅުވިއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މޯލްޑިވްސް މަރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް، ހިންގި ހިޔާނާތުގައި ހިމެނޭކަމަށް އެސެޓް ރިކަވަރީ ކޮމިޝަންގެ ތަޙުޤީޤަށް ފާހަގަވެފައިވާ މީހުންގެ ލިސްޓު ރައްޔިތުންގެ މަޖިލީހުން ވަނީ ޢާއްމުކޮށްފައެވެ. ރިޔާސީ ކޮމިޝަނުން މަޖިލީހަށް ފޮނުވި ލިސްޓުގައި ޖުމްލަ 281 ފަރާތެއްގެ ނަން ހިމަނާފައިވެއެވެ. މި ލިސްޓުގައި އޭރާއި މިހާރު ދަޢުލަތުގެ މަޤާމުތަކުގައި ތިބި 119 މީހުން ހިމެނެއެވެ.
ރިޔާސީ ކޮމިޝަނެއް ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް އުފެއްދެވީ ޖެނުއަރީ 1، 2012 އިން ފެށިގެން ނޮވެމްބަރު، 17، 2018 ވަނަ ދުވަހާ ހަމައަށް ހިނގާފައިވާ ހިޔާނާތާއި ދައުލަތުގެ ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ގިނަ މައްސަލަތައް އެކިއެކި ސަބަބުތަކާ ހެދި ރަނގަޅަށް ނުބެލި އޮތުމުން އެފަދަ މައްސަލަތައް ބެލުމަށެވެ. އެކޮމިޝަނަށް ސަރުކާރުން ވަނީ ތަހުގީގީ ބޮޑެތި ބާރުތަކާއި ދައުވާކުރުމުގެ ބާރު ގާނޫނަކުން ދީފައެވެ. ނަމަވެސް އެ ކޮމިޝަނަށް އެކަށީގެންވާ ނަތީޖާއެއް ނުނެރެވުމުން ކޮމިޝަން އުވާލާފައިވަނީ މިއަހަރުގެ މާރޗް 17 ގައެވެ.

ކިޔުންތެރިންގެ ހިޔާލު