ޕެންޝަން ފަންޑަކީ ރާއްޖޭގައި މިވަގުތު އޮތް އެންމެބޮޑު ސޭވިންގްސް ފަންޑު ކަމަށް ޕެންޝަން އޮފީހުގެ އެކްޓިންގ ޗީފް އެގްޒެކެޓިވް އޮފިސަރ ސުޖާތާ ހަލީމް ވިދާޅުވެއްޖެއެވެ.
މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ 13 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިތާބުގައި ސުޖާތާ ވިދާޅުވީ އެއޮފީހުގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމުގައި ހޯދިފައިވާ ކާމިޔާބީތައް ގިނަ ކަމަށެވެ. އޭގެތެރޭގައި ދޮށީ އުމުރުގެ ކޮންމެ ދިވެހިރައްޔިތަކަށް ޕެންޝަން ލިބޭނެ ގޮތް ހަމަޖެހިފައި އޮތުމާއި، ޒުވާން އުމުރުގެ މީހުންނަށް ޕެންޝަނަށް ފައިސާ ރައްކާކުރެވޭނެ ހަރުދަނާ ނިޒާމެއް ޤާއިމުކުރެވިފައިވުން ހިމެނޭ ކަމަށް ސުޖާތާ ވިދާޅުވިއެވެ.
ސުޖާތާ ވިދާޅުވީ ޕެންޝަން އޮފީހުން ކުރަމުންދާ މަސައްކަތުގެ އެންމެ މުހިންމު އެއްބަޔަކީ މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމު ތަރައްޤީކޮށް ހިންގުމުގެ މަސައްކަތް ކަމަށެވެ. އެގޮތުން މިހާރު ޕެންޝަން ފަންޑަކީ ރާއްޖޭގައި މިވަގުތު އޮތް އެންމެބޮޑު ސޭވިންގްސް ފަންޑު ކަމަށް ސުޖާތާ ވިދާޅުވިއެވެ.
"މިމަސައްކަތުގައި ލިބިފައިވާ ކާމިޔާބީތަކަށް ބަލާއިރު، ޕެންޝަން ފަންޑުވަނީ 17 ބިލިޔަން ރުފިޔާއާއިއެކު ރާއްޖޭގައި މިވަގުތު އޮތް އެންމެ ބޮޑު ސޭވިންގްސް ފަންޑުގެ ދަރަޖަ ހޯދާފައެވެ. ފޯމަލް ސެކްޓަރގައި މަސައްކަތްކުރާ މުވައްޒަފުންގެ %80 އަށް ވުރެ ގިނަމީހުން މިސްކީމުގައި ބައިވެރިވެ ޕެންޝަނަށް ފައިސާ ރައްކާ ކުރަމުންދާއިރު އަހަރަކަށް އެވްރެޖްކޮށް އިންވެސްޓްމަންޓު ފައިދާގެ ގޮތުގައި 5 އިންސައްތައި ގެ ކުރިއެރުމެއް ދަނީ ލިބެމުންނެވެ." ސުޖާތާގެ ޚިތާބުގައި ފާހަގަ ކުރަށްވާފައިވެއެވެ.
އޭގެ އިތުރުން ސްކީމުގެ ބައިވެރިންނަށް ލިބޭ ޕެންޝަނާއި އެހެނިހެން އިނާޔަތްތައް އިތުރުކުރުމަށް ކުރެވޭ މަސައްކަތުގައިވެސް އެކަށީގެންވާ ކުރިއެރުންތައް ދަނީ ލިބެމުން ކަމަށްވެސް ސުޖާތާ ވިދާޅުވިއެވެ.
ޕެންޝަން ފަންޑަށް ވަޒީފާ ދޭ ފަރާތުން މަދުވެގެން ހަތް ޕަސެންޓް ޖަމާކުރަން ޖެހެއެވެ. އަދި ވަޒީފާ އަދާކުރާ މީހާގެ މުސާރައިން ހަތް ޕަސެންޓާއެކު ޖުމްލަ 14 ޕަސެންޓް ޕެންޝަން ފަންޑަށް ޖަމާކުރެއެވެ. އަދި ޖަމާކުރާ ފައިސާއިން ބައެއް ފައިސާ ޕެންޝަން އޮފީހުން އެކިއެކި ދާއިރާތަކަށް އިންވެސްޓް ކޮށްގެން އާމްދަނީ އިތުރުކޮށް ބަހަމުން ގެންދެއެވެ.

ކިޔުންތެރިންގެ ހިޔާލު