އޭޑީކޭ ހޮސްޕިޓަލުން ކޯވިޑް ޓެސްޓެއް ހަދައިދެނީ 675 ރުފިޔާ އަށް ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު މަބުރޫކް އަޒީޒު ވިދާޅުވެއްޖެއެވެ.
ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ތަރުޖަމާނު މަބްރޫކު އަޒީޒު ވިދާޅުވީ އޭޑީކޭ އިން ކޯވިޑް ޓެސްޓް ހަދައިދެނީ 675 ރުފިޔާ އަށް ކަމަށާއި، އެހެން ނަމަވެސް އާންމު ރައްޔިތުން ޓެސްޓް ހަދަން އަމިއްލަ އަށް ފައިސާ ދައްކަންނުޖެހޭނެ ކަމަށެވެ. އޭޑީކޭ ޓެސްޓް ހެދުމަށްފަހު ބިލް ކުރާނީ އައިޖީއެމްއެޗަށް ކަމަށާއި، ފައިސާ ދައްކާނީ އެ ހޮސްޕިޓަލުން ކަމަށް މަބުރޫކް ވިދާޅުވިއެވެ.
"އާންމު ރައްޔިތަކު ޓެސްޓް ހަދާކަށް އެއްވެސް ފައިސާ އެއް ދައްކާކަށް ނުޖެހޭނެ، އާންމު ރައްޔިތަކު އަމިއްލަ އަށް އޭޑިކޭ އަށް ދިޔަޔަސް ޓެސްޓް ނުވެސް ހެދޭނެ އިގޭތޯ. އަޅުގަނޑުމެން ނަގާ ސާމްޕަލްތައް ޕްރޮސެސް ކުރުމަށް އޭޑީކޭގެ ލެބޯޓަރީ ބޭނުންކުރާނީ." މަބުރޫކް ވިދާޅުވިއެވެ.
މިހާރު ސާމްޕަލް ނަގައިގެން ޓެސްޓްކުރުމުގައި އިސްކަންދެނީ ތަރުތީބަކަށް ނޫން ކަމަށް މަބުރޫކް ވިދާޅުވިއެވެ. އޭގެ ބަދަލުގައި ދުވަސްވީ މީހުންނާއި ޑައިރެކްޓް ކޮންޓެކްޓްވާ މީހުންގެ ތެރެއިން އެއްގެއެއްގައި އެތައް ބަޔަކާ އެކީ އުޅޭ މީހުންނަށް އިސްކަންދޭ ކަމަށް އޭނާ ވިދާޅުވިއެވެ.
އޭޑީކޭ ހޮސްޕިޓަލުގައި ކޯވިޑް-19 އަށް ޓެސްޓުކުރުމުގެ އިންތިޒާމުތައް ހަމަޖެހި އެ ހޮސްޕިޓަލުން ބައްޔަށް ޓެސްޓުުކުރަން ފަށާފައިވަނީ މިދިޔަ މަހުގެ 24 ވަނަ ދުވަހުއެވެ. ކޯވިޑް-19 އަށް އޭޑީކޭ ހޮސްޕިޓަލުން ޓެސްޓްކުރާއިރު އާސަންދަ ލިބޭނެކަމަށް މަބްރޫކް ވަނީ މީގެކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވެފައިވެއެވެ. މީގެ ހަފްތާއެއްހާ ދުވަސްކުރިން ފެށިގެން އޭޑީކޭގައި ކޮވިޑަށް ޓެސްޓް ކުރަން ފަށާފައިވާއިރު އެ ހޮސްޕިޓަލުން ދުވާލަކު 500 ސާމްޕަލް ޓެސްޓް ކުރެވޭނެ ކަމަށް އެންއީއޯސީ އިން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު