ކޯވިޑް-19ގެ ބަލިމަޑުކަމުގައި ރާއްޖެ މިހާ ހިސާބަށް އާދެވުނީ ހުރިހާ ފަރާތްތަކުން ވަރަށް ބޮޑު ގުރުބާނީ އެއް ވެގެން ކަމަށާއި، މިހިސާބުން ކަންކަން މާބޮޑަށް ދޫކޮށްލައިފިނަމަ މިކުރި މަސައްކަތްތަކަކީ ބޭކާރު މަސައްކަތް ތަކަކަށް ވެގެން ހިގައިދާނެ ކަމަށް ނޭޝަނަލް އިމެޖެންސީ އޮޕަރޭޝަން ސެންޓަރގެ ތަރުޖަމާނު މަބުރޫކް އަޒީޒު މިރޭ ވިދާޅުވެއްޖެއެވެ.
ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާނު މަބުރޫކް އަޒީޒު ވިދާޅުވީ މިވަގުތު ދުނިޔޭގެ އެންމެންވެސް މިތިބީ ހަނގުރާމައިގެ މައިދާނެއްގައި ކަމަށާއި، ބޮޑު ހަނގުރާމައެއްގައި މީހުން މަރުނުވާވަރަށް މިހާރުވެސް މީހުން މަރުވެއްޖެ ކަމަށެވެ. އެހެންކަމުން ދަތިތައް ހުންނާނެ ކަމަށް ޤަބޫލުކޮށް މިއީ އެންމެންވެސް ކެތްތެރިވާންވީ ވަގުތު ކަމަށް މަބުރޫކް ވިދާޅުވިއެވެ.
ރާއްޖޭގައި ސިއްހީ ނިޒާމުގެ 55 ޕަސެންޓް ކޮވިޑް-19 އާ ގުޅޭ ކަންކަމަށް ހުސް ކޮށްފައިވާ ކަމަށާއި 45 ޕަސެންޓް އޮތީ ކުރިން ވެސް އޮތްހެން އެހެން ބަލިތަކަށް ކަމަށް މަބުރޫކް ވިދާޅުވިއެވެ.ސިއްހީ ހިދުމަތްތެރިން ރެއާ ދުވާލު އެތައް މަސައްކަތެއް ކުރާކަން ހަނދާން ކުރަން ޖެހޭ ކަމަށާއި، އެހެން ނަމަވެސް ބައެއް ކޭސްތައް އަތުން ދޫވެގެންދާ ކަމަށް މަބުރޫކް ވިދާޅުވިއެވެ. ކޮވިޑް ނޫން ބަލިމީހުންނަށް އިހުމާލު ނުވެވެއެކޭ ވިދާޅުނުވޭނެ ކަމަށް މަބުރޫކް ވިދާޅުވިއެވެ. މިފަދަ ބޮޑު ބަލިމަޑުކަމެއް އައިސްގެން އުޅޭއިރު ބައެއް ހިދުމަތްތައް މެދު ކެނޑޭނެ ކަން ގަބޫލުކުރަންޖެހޭ ކަމަށް މަބުރޫކް ވިދާޅުވިއެވެ.
ދިވެހިރާއްޖެ މިބަލީގައި މިހާހިސާބަށް މިއާދެވުނީ އެތައް ބައެއްގެ ޤުރްބާނީ އަކާ އެތައް ބައެއްގެ މިންނެތް މަސައްކަތުން ކަން ފާހަގަކުރައްވައި މަބުރޫކް ވިދާޅުވީ ރާއްޖޭގައި ގިނަ ބަޔަކު އަދި ބަލީގައި ސީރިއަސް ނުވުމަކީ ރާއްޖޭގެ ހާލަތު ރަނގަޅުވީ ކަމަށް ބަލައިގެންވާނެ ސަބަބެއް ނޫން ކަމަށެވެ.
"އަޅުގަނޑުމެންނަށް ނުވެސް އެގޭހާ ދަތީގައި މީހުން އުޅޭނެ ކަން ވެސް އެނގޭ، މިއަދު މި ހިސާބަށް އައިސްފައި ކެތްތެރިކަން ކޮޅުންލައިފިޔޭ، މިވެނި ކަންތައްތަކެއް ބަދަލުކުރަން ހުޅުވާލައި މިހުރިހާ ކަމެއްގެ ތެރެއަށް ދެވިއްޖެއްޔާ މިކުރެވުނު މަސައްކަތުގެ މާނަ އެއް ނޯއްނާނެ. މިއުޅެވުނީ ކިހާވަރެއްގެ ކަމެއްގެ ތެރޭގައި ކަން ހަދާން ކުރަންއެބަޖެހޭ." މަބުރޫކް ވިދާޅުވިއެވެ.
މިދަތިހާލުގައި ވެސް ދިވެހިން އެއްބަޔަކު އަނެއްބަޔަކަށް އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށާއި، އެގޮތުން ބައެއްގެތަކުގެ ކުލިވެސް ކުޑަކޮށްދީފައިވާ ކަމަށް މަބުރޫކް ވިދާޅުވިއެވެ.
"އެތައް ވާހަކަ އެއް އިބައިވޭ ކޮމިޔުނިޓީތައް އެއްވެގެން ހާލުގައި ޖެހިފައި ތިބޭ މީހުންނަށް ކާބޯތަކެތި ފޯރުކޮށްދޭ ވާހަކަ. އެތައް ވާހަކަ އެއް އެބައިވޭ ކުލި ކުޑަކޮށް ކުލި ކަނޑާލި ގޭގޭގެ ވާހަކަ. މިގޮތަށް ގައުމެއްގެ ގޮތުގައި ކުރިއަށްދާއިރު ފަޚުރުވެރިވާން ވަގުތު ލިބެނީ ފަހަތަށްޖެހި ވިސްނާލީމަ. އެކަންތައްތައް ރާއްޖޭގައި ހިގާކަން ވިސްނަންވާނެ. ކިހާވަރެއްގެ ކަމެއްގެ ތެރޭގައި ކަން މި ތިބީ އެންމެން ގުޅިގެން އެންމެން އެކީގައި މިކަމުގައި ކުރިއަށް ދެވޭނީ." މަބުރޫކް ވިދާޅުވިއެވެ.
ކޯވިޑް-19ގެ ބަލިމަޑުކަން ރާއްޖޭގައި ކޮންޓްރޯލްވަމުން އަންނައިރު ސަރުކާރުން މިހާރު ވަނީ މާލެ އާއި ރާއްޖޭގެ ރަށްރަށަށް ބޮޑެތި ލުއިތަކެއް ދީފައެވެ. އަދި މިހާރު މިހިނގާ ދެހަފުތާގެ ލުޔަށް ފަހު ހާލަތު ރަނގަޅުވަމުންދާ ނަމަ އިތުރު ލުއިތައް ދޭން ސަރުކާރުން ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު