އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގެ ވޯޓުލުން ފަށައިފިއެވެ.


މި އިންތިޚާބަކީ އެމްޑީޕީގެ ޗެއަރޕަރސަން އިންތިޚާބު ކުރުމާއި އަންހެނުންގެ ރޫޙާއި ޒުވާނުންގެ ހިތްވަރުގެ ލީޑަރުން ކަނޑައެޅުމަށް ބާއްވާ އިންތިޚާބެކެވެ. މި އިންތިޚާބުގެ ވޯޓުލުން ރާއްޖޭގެ ހުރިހާ ރަށެއްގައި މިއަދު ހެނދުނު 9:00 ގައި ފަށާފައިވާއިރު ކެމްޕޭން ކުރުމަށް ދިން މުއްދަތުގައި ކެނޑިޑޭޓުން ވަނީ ރާއްޖޭގެ ހުރިހާ ރަށަކަށް ދަތުރުކޮށް ވާދަވެރި ކެމްޕޭނެއް ކޮށްފައެވެ.

މިއަދުގެ އިންތިހާބުގައި އެމްޑީޕީގެ ދަފްތަރުގައިވާ 94،000 ވުރެ ގިނަ މެންބަރުންނަށް ވޯޓް ލުމުގެ ހައްގު ލިބިފައިވެއެވެ. އިންތިޚާބުގެ ވޯޓުލުމަށްޓަކައި ޖުމްލަ 272 ވޯޓް ފޮށި ވަނީ ބަހައްޓާފައެވެ.

އިންތިޚާބުގައި "ހިންގާލަން" ނަމުގައި ޗެއަރޕާސަން ކެނޑިޑޭޓް ފައްޔާޒްގެ ޓީމުން ކެމްޕޭން ކޮށްފައިވާއިރު ކެނޑިޑޭޓް އިމްތިޔާޒްގެ ޓީމުން ކެމްޕޭން ކޮށްފައިވަނީ "ތިލަފަތުގެ ރަމްޒު" ގެ ނަމުގައެވެ. އިންތިޚާބުގައި އަންހެނުންގެ ރޫހުގެ ރައީސްކަމަށް މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމާ ވާދަކުރަށްވަނީ ސަފާތު އަހްމަދެވެ. އަދި ޒުވާނުންގެ ހިތްވަރުގެ ރައީސް ކަމަށް ވާދަކުރައްވަނީ މުހައްމަދު އަންސަރާއި ރިފްގާ ޝިހާމެވެ.

އިންތިޚާބުގެ ވޯޓުލުން މިއަދު ހަވީރު 4:00 އާ ހަމައަށް ކުރިޔަށް ދާނެއެވެ.

މި އިންތިހާބު ގިނަ ބަޔަކު ސިފަ ކުރަނީ އެމްޑީޕީގެ އިސް ލީޑަރު އަދި ރައީސް އިބްރާހިމް މުހައްމަދު ޞާލިހާއި އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ތާއީދު އޮތް މިންވަރު ވަޒަން ކޮށްލެވޭނެ އިންތިހާބެއްގެ ގޮތުގައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި އިންތިޚާބުގައި ރައީސް ޞާލިހްގެ ތާއީދު އޮތީ ފައްޔާޒަށެވެ. ރައީސް ނަޝީދުގެ ތާއީދު އޮތީ އިންތިއަށެވެ.

ކިޔުންތެރިންގެ ހިޔާލު