ދީނީ ޢިލްމުވެރިޔާ ޑރ. މުޙައްމަދު އިޔާޒް
ދީނީ ޢިލްމުވެރިޔާ ޑރ. މުޙައްމަދު އިޔާޒް
މިހާރު ކުރެވެނީ ޤައުމުން ނާމާންކަން ފިލައިގެންދާން ގާތްވެއްޖެކަމުގެ އިޙްސާސް ކަމަށް ދީނީ ޢިލްމުވެރިޔާ ޑރ. މުޙައްމަދު އިޔާޒް ވިދާޅުވެއްޖެއެވެ.

ޑރ. އިޔާޒް މިމޭރުމުން ވިދާޅުވެފައިމިވަނީ އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ރައީސް ޞާލިޙަށް ތާޢީދުކުރާ ފަރާތްތަކުން ބޮޑު ކާމިޔާބީއެއް ހޯދާފައިވާ ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ ފަދަ ނަތީޖާއެއް އެއިންތިޚާބުން ބުނެދީފައިވާތީ އެކަމަށް އިޝާރާތް ކުރަށްވައި ކަމަށް ބެލެވެއެވެ. ޑރ. އިޔާޒަކީ ސިޔާސީ ގޮތުން ރައީސް ނަޝީދަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ގެންދަވާ ބޭފުޅެކެވެ. އެގޮތުން މީސް މީޑިއާގައި އެދެބޭފުޅުންގެ ދެމެދުގައި މިފަދަ ދެބަސްވުންތައް ހިނގާފައި ވެސް އެބަހުއްޓެވެ.

ރާއްޖޭގެ މަޝްހޫރު ދީނީ އިލްމްވެރިޔާ ޑރ. މުހައްމަދު އިޔާޒް ވިދާޅުވީ، މި ޤައުމުން ނާމާންކަން ފިލައިގެންދާން ގާތްވެއްޖެކަމުގެ އިޙްސާސް މިހާރު ކުރެވެން ފަށައިފި ކަމަށެވެ. އަދި އިޚްލާޞްތެރިކަމާއިއެކު ކުރާ ކޮންމެ ކަމެއްވެސް ކާމިޔާބުވާނެކަމަށް ޑރ. އިޔާޒް ވިދާޅުވިއެވެ.

"އިޚްލާޞްތެރިކަމާއި ތެދުވެރިކަމާއެކު އެކަމަށްޓަކައި ޤުރްބާންވެ ވަޑައިގެންނެވި އަބްޠާލުންނަށް ހެޔޮޖަޒާ ދެެއްވާށި. އާމީން." ޑރ. އިޔާޒް ވިދާޅުވެފައިވެއެވެ.

ޑރ. އިޔާޒުގެ މި މެސެޖުގައި ކަނޑައެޅިގެން އޭނާ އެ އިޝާރާތް ކުރަށްވަނީ ކޮން ކަމަކަށްކަމެއް ވިދާޅުވެފައެއް ނުވެއެވެ.



ސަރުކާރު ކޯލިޝަންގައި ހިމެނޭ ޢަދާލަތުޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުގައިވެސް ހިމެނިވަޑައިގަންނަވާ ޑރ. އިޔާޒް ވިދާޅުވީ ޢަދާލަތު ޕާޓީ އަބަދުވެސް ތެދުވާނީ ދީނާއި ޤައުމުގެ ދިފާޢުގައި ކަމަށެވެ. އަދި އެޕާޓީ ދެމި އޮންނާނީ ޝަރުޢީ މަސްލަޙަތުތަކަށް ރިޢާޔަތްކޮށް ނެރެވެންއޮތް އެންމެ ހެޔޮ ނަތީޖާއެއް ނެރުމުގެ މަސައްކަތުގައިކަމަށް ޑރ. އިޔާޒް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ އަޚުންނަށް މިކަން މިއަދު ޤަބޫލުކުރެވޭނެ ކަމަށް އުންމީދުކުރަން." ޑރ. އިޔާޒް ވިދާޅުވިއެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގެ ނަތީޖާއާއި ގުޅިގެން ޢަދާލަތު ޕާޓީގެ ރައީސް އަދި މި ސަރުކާރުގެ ދާޚިލީ ވަޒީރު އިމްރާން އަބުދު ﷲ ވިދާޅުވީ ބައެއް ހާލަތްތަކުގައި ސިޔާސީ ޕާޓީތަކުގެ އެތެރޭގެ މަސްލަހަތު ތަކަކީ މުޅި ގައުމާއި ރައްޔިތުންނާއި ގުޅުންހުރި ކަންކަން ކަމަށެވެ. ކޯލިޝަން ލީޑަރުން ގުޅިގެން ރައީސް ސާލިޙާއެކު ގައުމަށް ހެއު ގޮތް ހޯދޭނެ ކަމަށްވެސް އިމްރާން ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު