ރާއްޖޭގެ ރީތިި ރިސޯޓެއް؛ ކޯވިޑް-19 އާއި ގުޅިގެން ފަތުރުވެރިކަން ވަނީ ހުއްޓިފައި
ރާއްޖޭގެ ރީތިި ރިސޯޓެއް؛ ކޯވިޑް-19 އާއި ގުޅިގެން ފަތުރުވެރިކަން ވަނީ ހުއްޓިފައި
ޤައުމުތަކުން ބޯޑަރުތައް ހުޅުވާލުމާއެކު އެމެރިކާ ފަތުރުވެރިން ދަތުރުކުރަން އެންމެ ބޭނުންވާ މަންޒިލު ތަކުގެ ތެރޭގައި ރާއްޖެ ހިމެނޭ ކަމަށް "އިންޝުއަރ މައި ޓްރިޕް"އިން ބުނެފިއެވެ.

ފަތުރުވެރިންނަށް ބޭނުންވާ އިންޝުއަރެންސްއާއި ގުޅޭ ޚިދުމަތްދޭ މަޝްހޫރު ކުންފުންޏެއް ކަމަށްވާ "އިންޝުއަރމައި ޓްރިޕް" އިން ބުނީ އެމެރިކާގެ ފަތުރުވެރިން އެންމެ ދާން ބޭނުންވަނީ ޖަޒީރާ މަންޒިލްތަކަށް ކަމަށެވެ. އެގޮތުން އެކުންފުނިން އެކުލަވާލާފައިވާ މިފަދަ 10 މަންޒިލެއް ހިމެނޭ ލިސްޓުގައި ޖަޒީރާ ފަސް ޤައުމެއް ވަނީ ހިމަނާފައެވެ.

އިންޝުއަރމައި ޓްރިޕުން މި ލިސްޓު ތައްޔާރުކޮށްފައިވަނީ ގޫގުލްގައި ޤައުމުތަކާއި ގުޅޭ މައުލޫމާތު އާއްމުން ހޯދާފައިވާ މިންވަރަށް ބަލައިގެންނެވެ. ކޯވިޑް-19އާ ގުޅިގެން ގޭގައި ހޭދަކުރާ ވަގުތުތައް އިތުރުވެފައިވާއިރު، މި މުއްދަތުގައި ރާއްޖޭގައި ޗުއްޓީ ހޭދަކުރުމާއި ގުޅޭ މައުލޫމާތު ހޯދުމަށް 18100 ފަހަރު ގޫގަލްގައި މައުލޫމާތު ވަނީ އޮޅުން ފިލުވާފައެވެ.

ރާއްޖެއާ ގުޅޭގޮތުން އެންމެ ގިނަ އަދަދަކަށް މައުލޫމާތު ހޯދާފައިވަނީ އެމެރިކާގެ ކެލިފޯނިއާ، ނިއުޔޯކް އަދި ޕެންސިލްވޭނިއާގެ މީހުން ކަން ފާހަގަކޮށްލެވެއެވެ. އެމެރިކާ ފަތުރުވެރިންގެ މެދުގައި ދެވަނަ އަށް އެންމެ މަޤްބޫލް މަންޒިލަކީ ގްރީސްއެވެ. ތިންވަނަ އަށް ފީޖީ އަދި ހަތަރުވަނައަށް އެންމެ ގިނަ އަދަދެއްގެ ބަޔަކު މައުލޫމާތު އޮޅުން ފިލުވާފައިވަނީ ކޯސްޓާރިކާއާއި ބެހޭގޮތުންނެވެ.

އެމެރިކާއަކީ ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމުތަކުގެ ތެރޭގައި ހިމެނޭ ޤައުމެކެވެ. އެގޮތުން ހުސްވި އަހަރުގެ ތެރޭ އެޤައުމުން ރާއްޖެއަށް 54474 ފަތުރުވެރިން ޒިޔާރަތްކުރިއެވެ. މިއީ 2018ވަނަ އަހަރާއި އަޅާ ބަލާއިރު 27 އިންސައްތަ އިތުރު އަދަދެކެވެ. އެމެރިކާއަކީ ރާއްޖެއަށް 8 ވަނަ އަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމު ކަން ފާހަގަކޮށްލެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން