ޝައިހް އަލީ ޒައިދު
ޝައިހް އަލީ ޒައިދު
އިންތިޚާބުތަކުގެ ކެމްޕޭނުތަކުގައި ހަދާ ދޮގުތައް ފަތުގައި ނުލިޔުއްވާނެތޯއޭ ވިދާޅުވެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިހް އަލީ ޒައިދު މީސް މީޑިއާއަށް ސުވާލުތަކެއް ދޫކޮށްލައްވައިފިއެވެ.

ޝައިޚް ޢަލީ ޒައިދު މިމޭރުމުން ސުވާލުތަކެއް ދޫކޮށްލައްވާފައިވަނީ އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި ވާދަކުރެއްވި ކެންޑިޑޭޓުން އެކަކު އަނެކަކުގެ ބޮލުގައި އެތައް ތުހުމަތެއް އެޅުވުމަށްފަހު، އިންތިޚާބު ނިމުމާއެކު، އެކުގައި މަސައްކަތް ކުރެވޭނެ ކަމަށް ވިދާޅުވެފައިވާތީ އެކަމަށް ރައްދު ދެއްވުމުގެ ގޮތުން ކަމަށް ބެލެވެއެވެ.

ޝައިޚް ޒައިދު ވިދާޅުވީ މިއީ ވިސްނާލަން ރަނގަޅު ސުވާލުތަކެއް ކަމަށާއި އެގޮތުން ކެމްޕެއިންނަށް ދޮގުހެދުން ހުއްދަވީ ގޮތާމެދު ސުވާލު އުފެދޭ ކަމަށެވެ. އޭގެ އިތުރުން ދޮގު ނުހަދާނަމަ އިންތިޚާބަށް ފަހު ވާހަކަ ބަދަލުވީ ކީއްވެގެން ކަމާމެދު ޒައިދު ސުވާލު އުފެއްދެވިއެވެ. ހަމައެއާއެކު އިންތިޚާބުގައި އެކަކު އަނެކަކަށް ކުރަނީ ފުލޯކު ތުހުމަތުނަމަ އެފަދަ ދޮގުހަދާ މީހުންނަށް ސަޕޯޓް ކުރަނީ ކީއްވެތޯ ޒައިދު ވަނީ ސުވާލު ކުރަށްވާފައެވެ.

"ފަތުގައި ނުލިޔެވޭނެތަ؟" ޒައިދު އިތުރަށް ވިދާޅުވެފައިވެއެވެ.

ޒައިދުގެ ސުވާލުތަކާ ގުޅިގެން ގިނަ ބަޔަކު ދަނީ މީސްމީޑިއާގައި އޭނާއަށް ރައްދު ދެމުންނެވެ. އެގޮތުން ރައްދުދިން އެކަކު ބުނެފައިވަނީ ޒައިދަށް އަބަދުވެސް ފެންނަނީ އެއްބަޔަކު ކުރާ ގޯސް ޢަމަލުތައް ކަމަށާއި އަނެއްބަޔަކު ހަދާ ގޯސް ޒައިދަށް ނުފެންނަ ކަމަށެވެ. އެގޮތުން ކުރިން ޒައިދު ޙަރަކާތްތެރިވި ޢަދާލަތު ޕާޓީގެ ރައީސް މޭ ޑޭގެ މުޒާހަރާގައި އެތައްސަތޭކަ ރައްޔިތުންގެ ކުރިމަތީގައި ކަރުދާސްތަކެއް ހާވަ ހާވާފައި ދެއްކެވި ވާހަކަތައް ހަނދުމަ ހުރިތޯ އެއްބަޔަކު ވަނީ ސުވާލު ކޮށްފައެވެ.

ޒައިދުވަނީ ޢަދާލަތު ޕާޓީއާ ދެމެދު އުފެދުނު ހިތްހަމަ ނުޖެހުމެއްގައި ދާދިފަހުން އެޕާޓީން ވަކިވެފައެވެ.



ހޮނިހިރު ދުވަހު ކުރިޔަށްދިޔަ އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިހާބުގައި ވާދަ ކުރެއްވި ދެ ބޭފުޅުންކަމަށްވާ ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) އާއި މި ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާޢީލް (ފަޔާ) ވަނީ އިންތޚާބު ނިމުމާއެކު، އެކުގައި މަސައްކަތްކުރާނެ ކަމަށް ވިދާޅުވެ މެސެޖްތައް ޢާއްމު ކުރަށްވާފައެވެ.

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު ފައްޔާޒު ކާމިޔާބު ކުރެއްވީ އިންތިހާބުގައި ވޯޓް ދިން މީހުންގެ 58 ޕަސެންޓް ވޯޓާއެކުއެވެ. އިންތިއަށް ލިބިވަޑައިގަތީ 42 ޕަސެންޓް ވޯޓެވެ.



ކިޔުންތެރިންގެ ހިޔާލު