މިދޔަ އަހަރު އެސްޓީއޯއަށް އާމްދަނީގެ ގޮތުގައި 11.24 ބިލިއަން ރުފިޔާ ލިބިފައިވާކަމަށް އެކުންފުނީގެ މާލީ ހިސާބުތަކުން ދައްކައިފިއެވެ.
އެސްޓީއޯގެ މިދިޔަ އަހަރުގެ ހިސާބުތައް ދައްކާގޮތުން އެސްޓީއޯއަށް މިދިޔަ އަހަރު ލިބުނު އާމްދަނީ އޭގެ ކުރީ އަހަރާއި އަޅާބަލާއިރު ވަނީ އިތުރުވެފައެވެ. އޭގެ ސަބަބުތަކުގެ ތެރޭގައި ތެލުގެ އަގު ދުނިޔޭގެ ބާޒާރުގައި އިތުރުވުމާއި އެސްޓީއޯއިން ވިއްކި ތެލުގެ އަދަދު އޭގެ ކުރީ އަހަރާއި އަޅާބަލާއިރު 26 އިންސައްތަ އިތުރުވުން ހިމެނެއެވެ. މީގެއިތުރުން ފިޝަރީޒް، ޝިޕިންގ އަދި ގޭހުގެ އާމްދަނީވެސް އިތުރުވެފައިވާކަަމަށް އެސްޓީއޯއިން ބުނެއެވެ.
އެސްޓީއޯއިން ކުރަމުން ގެންދާ ވިޔަފާރިތައް ރަނގަޅުވުމާއެކު 2021 ވަނަ އަހަރުގެ ޖުމްލަ އާމްދަނީގެ ގޮތުގައި ކުންފުންޏަށް ވަނީ 10.2 ބިލިއަން ރުފިޔާ ލިބިފައެވެ. މިއީ އޭގެ ކުރީ އަހަރާއި އަޅާ ބަލާއިރު 41 އިންސައްތައިގެ ކުރިއެރުމެކެވެ.
އެސްޓީއޯ ގްރޫޕްގެ އާމްދަނީ އިތުރުވުމާއިއެކު ފައިދާގެ ގޮތުގައި ވަނީ 1.9 ބިލިއަން ރުފިޔާ ލިބިފައެވެ. މިއީ އޭގެ ކުރީ އަހަރާއި އަޅާބަލާނަމަ 8 ޕަސެންޓުގެ ކުރިއެރުމެކެވެ.
ޓެކްސްއަށް ކެނޑުމަށްފަހު އެސްޓީއޯ ގްރޫޕްގެ ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 186 މިލިއަން ރުފިޔާއެވެ. މިއީ އޭގެ ކުރީ އަހަރާއި އަޅާބަލައި 47 ޕަސެންޓް އިތުރުވުމެކެވެ.

ކިޔުންތެރިންގެ ހިޔާލު