މާލޭ ސިޓީގައި ވިޔަފާރި ކުރުމުގެ ހުއްދަ ފުލުހުން މިއަދު ދޫކުރަން ފަށާނެ ކަމަށް މާލެ ސިޓީކައުންސިލުން ބުނެފިއެވެ.
މާލެ ސިޓީކައުންސިލުން މިއަދު ކުރި ޓުވީޓެއްގައި ބުނެފައިވަނީ ވިޔަފާރި ކުރުމުގެ ހުއްދަ އަށް އެދި 17 ބާވަތެއްގެ ވިޔަފާރި ހިންގާ 3480 ފަރާތަކުން މިހާތަނަށް ހުށައަޅާފައިވާ ކަމަށެެވެ. ޢޭގެތެރޭގައި 2090 ކުންފުންޏެއް ހިމެނޭއިރު އެވިޔަފާރިތަކުގައި މަސައްކަތްކުރާ 9207 މީހަކަށް ފާސް ހޯދުމަށް އެދި ހުށައަޅާފައިވާ ކަމަށް މާލެ ސިޓީކައުންސިލުން ބުނެއެވެ.
ފާހަށް އެދިފައިވާ މުވައްޒަފުންގެ ތެރެއިން ފާސް ދޫކުރެވޭނީ އިކޮންމިކް މިނިސްޓްރީ އިން ކަނޑައަޅާފައިވާ ގޮތަށް ވަކި އަދަދަކަށް ކަމަށް މާލެ ސިޓީކައުންސިލުން ހާމަކުރެއެވެ. މާލެ ސިޓީކައުންސިލުން ބުނީ ވިޔަފާރި އަށް އެދިފައިވާ ފަރާތްތަކުގެ މައުލޫމާތު އިކޮންމިކް މިނިސްޓްރީ އާއި މިހާރު ހިއްސާކޮށްފައިވާ ކަމަށެވެ.
"ފޯމްތައް ވެރިފައިކޮށް ނިމި މިއަދު ފުލުހުން ފާސްތައް ދޫކުރަން ފަށާނެ ވާހަކަ ދަންނަވަން" މާލެ ސިޓީކައުންސިލުން ކުރި ޓުވީޓެއްގައި ބުނެފައިވެއެވެ.
ވިޔަފާރިތަކާ ގުޅުންހުރި އެކިއެކި ހުއްދަތަކަށް އެދެން ޖެހޭނީ ސިޓީ ކައުންސިލްގެ ޕޯޓަލް މެދުވެރިކޮށެވެ. އޮފީސްތައް ހުޅުވުމަށް ހުއްދައަށް އެދޭނީ އިކޮނޮމިކް މިނިސްޓްރީގެ ޕޯޓަލުންނެވެ. އެ މުވައްސަސާ ތަކުން ހުއްދަ އަށް އެދި ހުށައަޅާ ފޯމް ވެރިފައި ކުރުމުން ހުއްދަ ދޫކުރާނީ ފުލުހުންނެވެ.
މާލޭގައި ވިޔަފާރި ކުރުމުގެ ހުއްދަދޭނީ ހެނދުނު 9:00 އިން ރޭނގަޑު 9:00 އާއި ދެމެދުގެ ގަޑިތަކުގައި ކަމަށް ފުލުހުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު