ޅ. އަތޮޅުގައި އިތުރު 2 ރިސޯޓް މިއަހަރު ހުޅުވަން ތައްުޔާރުވަމުންދާކަމަށް ޓޫރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ކުރެންދޫ ދާއިރާގެ މެންބަރު އަބްދުލް ޣަނީ އަބްދުލް ހަކީމް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރ މައުސޫމް ވިދާޅުވީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް ފަތުރުވެރިކަން ތަރައްޤީކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންކަމަށެވެ. އެގޮތުން މާލެއާއި ދުރު އަތޮޅުތަކުގައި އަދި ފަތުރުވެރިކަން ނެތް އަތޮޅުތަކުގައި ރިސޯޓް ތަރައްޤީކުރުމުގެ މަސައްކަތް ހިމެނޭކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މިނިސްޓަރ ވިދާޅުވީ މިއަހަރުގެ ތެރޭގައި ޅ. އަތޮޅުގައި އިތުރު 2 ރިސޯޓް ހުޅުވިގެންދާނެކަމަށާއި އެއީ ޖުމްލަ 580 އެނދުކަމަށެވެ.
"ޅ. އަތޮޅަކީ ފަތުރުވެރިކަމަށް ވަރަށް ފަހި އަތޮޅެއް. މިއަހަރު ޅ. އަތޮޅުގައި އިރާދަކުރެއްވިއްޔާ 2 ރިސޯޓް ހުޅުވޭނެ. އެއީ 580 އެނދު" މިނިސްޓަރ ވިދާޅުވިއެވެ.
ޅ. އަތޮޅުގައި ރިސޯޓް ހުޅުވަނީ ދެރުއްފިނޮޅާއި، މާބިންހުރާގައެވެވެ.

ކިޔުންތެރިންގެ ހިޔާލު