ޤައުމީ ޝިޕިންގ ކުންފުންޏަށް އައު ކޮންޓެއިނާ ބޯޓެއް ގަނެ މުވައްޒަފުން ހޯދުމަށް އިއުލާނުކޮށްފިއެވެ.

އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން އަމްރު ވިދާޅުވީ އަލަށް ގެންނަ ބޯޓު އަންނަމަހު ރާއްޖެ އަންނާނެ ކަމަށެވެ. އެސްޓީއޯއިން ވަނީ އަލަށް ގެންނަ ބޯޓުގެ ވަޒީފާތަކަށް މުވައްޒަފުން ހޯދުމަށްވެސް އިޢުލާނުކޮށްފައެވެ.

އެގޮތުން 12 ވަޒީފާއަކަށް މިމަހުގެ 19 ވަނަ ދުވަހުގެ ކުރިން ކުރިމަތިލުމުގެ ފުރުސަތު އެސްޓީއޯއިން ވަނީ ހުޅުވާލާފަ އެވެ. މި ވަޒީފާތަކަށް 15،000ރުފިޔާއިން ފެށިގެން 115،000ރުފިޔާއާ ދެމެދުގެ މުސާރައެއް ލިބޭނެކަމަށް އެސްޓީއޯ އިން ވަނީ ބުނެފައެވެ.



އެމްއެސްއެސްއިން ދާދި ފަހުންވެސް ވަނީ ކޮންޓެއިނާ ބޯޓަކާއި ބަލްކް ކެރިއަރެއް ގަނެފައެވެ. އެ ދެ ބޯޓުން ވެސް ވަނީ ދިވެހީންނަށް ވަޒީފާ ދީފައެވެ.

އެމްއެސްއެސްއަކީ ރާއްޖެއަށް އެތެރެކުރާ މުދާ ވީހާވެސް ހެޔޮ އަގެއްގައި ގެނެވޭނެ މަގު ފަހިކުރުމަށްޓަކައި ސަރުކާރުން އުފައްދާފައިވާ އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެކެވެ. 2020ވަނަ އަހަރުގެ އޭޕްރީލް މަހުގެތެރޭ ޚިދުމަތްދޭން ފަށާފައިވާ މޯލްޑިވްސް ސްޓޭޓް ޝިޕިން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަކީ އެސްޓީއޯގެ 99.99 އިންސައްތަ ހިއްސާވާ ކުންފުންޏެކެވެ. ބާކީ އޮތް 0.01 އިންސައްތައަކީ ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ހިއްސާއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން