ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި އިދިކޮޅު ލީޑަރު، ރައީސް އަބްދު ﷲ ޔާމީން އަބްދުލްގައްޔޫމް
ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި އިދިކޮޅު ލީޑަރު، ރައީސް އަބްދު ﷲ ޔާމީން އަބްދުލްގައްޔޫމް
ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި އިދިކޮޅު ލީޑަރު، ރައީސް އަބްދު ﷲ ޔާމީން އަބްދުލްގައްޔޫމް އިނގިރޭސިބަހުން ޓްވީޓްކުރައްވާ ސަބަބު ވިދާޅުވެދެއްވައިފިއެވެ.

ރައީސް ޔާމީން އިނގިރޭސިބަހުން ޓްވީޓްކުރައްވާ ސަބަބު ވިދާޅުވެދެއްވާފައި މިވަނީ، އެމަނިކުފާނު އިނގިރޭސިން ޓްވީޓްކުރައްވާތީ ބައެއް ފަރާތްތަކުން ފާޑުކިޔަމުންއަމާޒުވެފައި ވަނިކޮށެވެ.

އެކަމާއި ގުޅޭގޮތުން ރައީސް ޔާމީން ވިދާޅުވީ ޓްވިޓަރގައި ހަރަކާތްތެރިވެވަޑައިގަންނަވަން ފެއްޓެވީ އެމަނިކުފާނު ވިދާޅުވާން ބޭނުންފުޅުވާ ވާހަކައެއް މީހަކު މެދުވެރިނުކޮށް ވިދާޅުވުމުގެ ބަދަލުގައި، އަމިއްލަފުޅަށް ހާމަކުރެއްވުމަށްކަމަށެވެ.

"އަޅުގަނޑު ވަރަށް ނުކުރާން ހުރި ކަމެއް، އެކަމަކު ޓްވިޓައަށް އަންނަން ޖެހުނީ ކޮންމެ ފަހަރަކު އަޅުގަނޑު ބުނަން ބޭނުންވާ ވާހަކައެއް ސްޕޯކްސްމަނެއްގެ ތެރެއިން ނުވަތަ ޕާޓީއެއްގެ ތެރެއިން އައުމަށްވުރެ ހަމަ ސީދާ އަޅުގަނޑަށް ބުނެވޭކަމުގައިވާނަމަ އަޅުގަނޑަށްވެސް ފަސޭހަ.. އަނެއްކާ އަޅުގަނޑު ބުނަން ބޭނުންވާ ގޮތަކަށް ބުނަން ފަސޭހަ." ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ އިނގިރޭސިބަހުން ޓްވީޓްކުރައްވާނީ، އެ ޓްވީޓްތަކަކީ ބޭރުގެ ގިނަ ބަޔަކަށް ރާއްޖޭގައި ކަންކަން ހިނގަމުންދާ ގޮތް ކިޔައިދޭ ޓްވީޓްތަކަކަށްވާތީކަމަށެވެ. އަދި އެއީ އެއްވަނަ ދުނިޔޭގެ ގައުމުތަކަށް ރާއްޖޭގެ ހާލަތު ބުނެދޭ ޓްވީޓްތަކެއްކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

"އަޅުގަނޑަށް އެނގޭ ވަރަށް ގިނަ ޝަކުވާ އަންނަކަން ޓްވީޓްގައި ބުނާ އެއްޗެއް އަންޑަރސްޓޭންޑް ނުވެގެން.. ނޫނީ ބުނާ ވާހަކައެއް އެންމެ ރަނގަޅަށް މީހުންނަށް ތަރުޖަމާ ނުވެގެން.. ދެން އަޅުގަނޑު ދަންނަވާލަން އޮތީ ވަރަށް ބޮޑަށް މައާފްކުރައްވާށޭ ދިވެހި ރައްޔިތުން އަރިހުން. އެކަމަކު އަޅުގަނޑުގެ އޯޑިއަންސް އަކީ ހަމައެކަނި ދިވެހި ރައްޔިތުންނެއް ނޫނޭ.. ދިވެހިރާއްޖޭގެ ހާލަތު މިހާރު މިއޮތް ގޮތް އެންމެ ބޮޑަށް ކިޔައިދޭން ޖެހޭނީ ބޭރަށް. އެއްވަނަ ދުނިޔޭގެ ގައުމުތަކަށް.. ޑިމޮކްރަސީގެ ނަމުގައި އަޅުގަނޑުމެންނަށް އަދަބު ދިން ގައުމުތަކަށްވެސް އެނގެން އެބަޖެހޭ މިހާރު ދިވެހިރާއްޖެގެ ހާލަތު މިއޮތީ ކިހިނެތްކަން. އެއީ ދިވެހިރައްޔިތުންނަށް މި ހާލަތު ފެނޭ ކޮންމެ ދުވަހަކު" ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ ރާއްޖޭގައި ރާއްޖޭގެ ހާލަތު ޓްވިޓަރ މެދުވެރިކޮށް ވިދާޅުވާއިރު ބައެއް ބޭފުޅުންނަށް ފަހުމް ނުވެދާނެކަމާމަށާއި، އެއީ ޓްވީޓްގައިވާ ބައެއް ވާހަކަތަކަކީ މަޒްމޫނެއް ލިޔާ ގޮތަށް ލިޔެގެން ނޫނިއްޔާ ފަހުމްކޮށްދޭން ދަތި ވާހަކަތަކެއް ކަމަށެވެ. ނަމަވެސް އެމަނިކުފާނު ޓްވީޓްކުރައްވަނީ ވަކި ޓާގެޓް އޯޑިއަންސްއަކަށް ކަމަށްވެސް ރައީސް ޔާމިން ވިދާޅުވިއެވެ.

"ބޭރުގެ ސަފީރުންނާއި ރާއްޖެގެ ރައްޔިތުންނާއި.ސިޔާސި ކަންކަން ދިރާސާކުރާ ފަރާތްތަކާއި ބޭރުގެ ޖަރނަލިސްޓުންނާއި މި ދެންނެވި އެންމެންނަކީ ޓްވިޓާގެ އަހުލުވެރިން.. އެ މީހުން އެ ބަލާނެ. އެހެންވީމަ ދިވެހިރާއްޖޭގައި ރައީސްކަން ކޮށްފައި ހުރީ މީހަކު މިހާރުގެ ހާލަތާއި ދޭތެރޭގައި އޭނަ ދެކޭގޮތް ކަންބޮޑުވާ ކަންތައްތައް ނުވަތަ ޑިމޮކްރަސީ ކިހާވަރަކަށްތޯ ނެތިގެން މިދަނީ..އެވާހަކަ ބުނެދޭން އެބަޖެހޭ.. އެމީހުން ވެރިފައި ކުރާނެ އެ ވާހަކަތައް.. އެ ސަބަބަށްޓަކައި މި ވާހަކަތައް އިނގިރޭސިބަހުން ލިޔަނީ" ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ ޓްވިޓަރއަށްފަހު ދެން ފެސްބުކްވެސް އަހުލުވެރިވުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އޭރުން ދިވެހި ރައްޔިތުން ބޭނުންވާގޮތަށް ތަންކޮޅެއް ތަފްސީލުކޮށް ވާހަކަތައް ވިދާޅުވެވޭނޭކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން