ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް ގޮވާލައި އިދިކޮޅު ކޯލިޝަނުން ރޭ ކުރިއަށް ގެންދިޔަ "އިންޑިއާ އައުޓް" މަގުމަތީ ހަރަކާތުގެ ތެރެއިން ހައްޔަރުމީހުން ދޫކޮށްލައިފިއެވެ.
ފުލުހުން މިއަދު ބުނީ ރޭގެ ޙަރަކާތުގެ ތެރެއިން ހައްޔަރު ކުރީ ދެ އަންހެނުންނާއި ފިރިހެނެއް ކަމަށެވެ. އަދި އެ ތިން މީހުންވެސް ދޫކޮށްލާފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
ރޭގެ މުޒާހަރާ ބޭއްވީ އިންޑިއާ އައުޓް ހަރަކާތް ރާވައި ހިންގާ ކަމުގެ ތުހުމަތުގައި ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު އިސްމާޢީލާއި ޕީޕީއެމްގެ އިތުރު މެންބަރަކު އިއްޔެ ހައްޔަރުކުރުމުން އެކަމާ ދެކޮޅު ހެދުމުގެ ގޮތުންނެވެ.
ރޭ ޕީޕީއެމް އޮފީސް ކައިރިއަށް އެއްވި މީހުން މަޖީދީމަގުން ކުރިއަށްގޮސް އަލިކިލެގެފާނު މަގުން މުލީއާގެއާއި ދިމާއަށް މިސްރާބު ޖެހުމުން އެސްއޯ ފުލުހުން ވަނީ އެ ހަރާކާތް ބާރުގެ ބޭނުންކޮށްގެން ހުއްޓުވާފައެވެ.
ރައީސް ޔާމީން އިސްވެ ހުންނަވައި ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތް ހުއްޓުވުމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިޙު ވަނީ ގަރާރެއް ނެރުއްވައި އެހަރާކާތް ހުއްޓުވުމަށް ސަލާމަތީ ބާރުތަކަށް އަންގަވާފައެވެ. "އިންޑިއާ އައުޓް" ހަރަކާތަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ގައުމީ ސަލާމަތާ ބެހޭ މަޖިލީހުންވެސް ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު