މ.މުލީ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުންދިޔަ ހާލުދެރަ ބަލި ކުޑަފިރިހެން ކުއްޖަކު، އެމްއެންޑީއެފް ސެންޓްރަލް އޭރިއާގެ އެހީތެރިކަމާ އެކު އެމްއެންޑީއެފް ހެލިކޮޕްޓަރުގައި މިއަދު މާލެ ގެނެސްދީފިއެވެ.

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، އެމްއެންޑީއެފުން މިއަދު ބުނީ ހެލިކޮޕްޓަރުގައި މާލެ ގެނެސްދީފައިވަނީ އުމުރުން 05 އަހަރުގެ ކުއްޖެއް ކަމަށެވެ.

މި ބަލި ކުއްޖާ މާލެ ގެނެސްދީފައިވަނީ، ޞިއްޙީ އިތުރު ފަރުވާއަށް މާލެ ގެންގޮސް، ފަރުވާދިނުމަށް ބަލި ކުއްޖާ ބެއްލެވި ޑޮކްޓަރުން ލަފާދެއްވުމާ ގުޅިގެންނެވެ.

އެމްއެންޑީއެފް ހެލިކޮޕްޓަރުގައި ބަލި ކުއްޖާ މާލެ ގެނެސްފައިވަނީ މިއަދު 09:50 ހާއިރުއެވެ.

ރާއްޖޭގެ އެކި ހިސާބުތަކުގައި ހާލުދެރަވާ ބަލިމީހުން އެމްއެންޑީއެފްގެ އުޅަނދުތަކުގައި މީގެ ކުރިންވެސް މާލެ ގެނެސްދީފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން