މަހަށް ނުކުމެ އުޅުނު މީހެއްގެ ލޮލަށް ބުޅިއެއް ހެރިގެން ގއ. އަތޮޅު ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.
މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނީ، އުމުރުން 47 އަހަރުގެ އެ މީހާގެ ލޮލަށް ބުޅި ހެރުނީ ގއ. ވިލިނގިއްޔާއި 10 މޭލު ބޭރުން މަސްވެރިކަން ކުރަމުންދިޔަ "ކަޅިރަވަ" ދޯނީގައި މަސްވެރިކަން ކުރަން އުޅުމުގެ ތެރޭގައި ކަމަށެވެ.
މިއަދުގެ މެންދުރުފަހު 2:22 ގައި އެ ހާދިސާގެ މައުލޫމާތު އެމްއެންޑީއެފަށް ލިބުމާއިއެކު، އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންގެ އެހީތެރިކަމާއެކު ގއ. ވިލިނގިލީގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލަށް އޭނާ ގެންގޮސްދީފައިވާކަމަށް އެމްއެންޑީއެފުން ބުނެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެނާއަށް މިހާރު ވެސް ދަނީ ގއ. އަތޮޅު ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. މި ހާދިސާގައި އަނިޔާވީ ކޮން ރަށެއްގެ ކާކުކަމެއް އެމްއެންޑީއެފުން އަދި ހާމަކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު