ގދ. ފަރެސްމާތޮޑާ، މާތޮޑާއަވަށް، ބުޗާގެ، މުޙައްމަދު ނަޞްރުﷲ (55އ)
ގދ. ފަރެސްމާތޮޑާ، މާތޮޑާއަވަށް، ބުޗާގެ، މުޙައްމަދު ނަޞްރުﷲ (55އ)
ރުޤުޔާ ކުރުމުގެ ނަމުގައި މީހުންނަށް ގެއްލުންދޭ ކަމުގެ ތުހުމަތު ކުރެވޭ މީހެއްގެ ވަނަވަރު ފުލުހުން މިއަދު ޢާންމު ކޮށްފި އެވެ.

ފުލުހުންގެ ރަސްމީ ވެބްސައިޓްގައި ބުނެފައިވަނީ ގދ. ފަރެސްމާތޮޑާ، މާތޮޑާއަވަށް، ބުޗާގެ، މުޙައްމަދު ނަޞްރުﷲ (55އ) އަކީ ފުލުހުންނަށް ހުށަހެޅި ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތުހުމަތު ކުރެވޭ މީހެއް ކަމަށެވެ. އެގޮތުން އޭނާގެ މައްޗަށް ތުހުމަތު ކުރެވެނީ ރުޤުޔާ ކުރުމުގެ ނަމުގައި އޮޅުވާލައިގެން މީހުންނަށް އެކިކަހަލަ ގެއްލުން ދެމުންދިޔަ މައްސަލައެއްގައި ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ފުލުހުން ބުނީ، އޭނާގެ ޝިކާރައަކަށް އިތުރު ބަޔަކު ވެފައިވޭތޯ ފުލުހުން މިހާރު ބަލަމުންދާ ކަމަށެވެ. އަދި ތަހުގީގުގައި މިހާތަނަށް ބެލިބެލުމުން، މުޙައްމަދު ނަޞްރުﷲގެ ފުށުން، އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ކުށުގެ ޝިކާރައަކަށް ވެފައިވާ އިތުރު ބަޔަކު ވެދާނެކަމަށް ބެލެވޭކަމަށް ފުލުހުން ބުންޏެވެ. އެފަދަ އަމަލެއްގެ ޝިކާއަކަށްވެފައިވާ ފަރާތެއްވާނަމަ، އެ މައްސަލައެއްގެ މައުލޫމާތު ގދ. ތިނަދޫ ޕޮލިސް ސްޓޭޝަންގެ ނަންބަރު 9792358 އަށް ގުޅައި ހިއްސާ ކުރުމަށް ފުލުހުން ވަނީ އެދިފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން