ނައިފަރުގައި މިއަދު ހަވީރު ކުރި މުޒާހަރާ
ނައިފަރުގައި މިއަދު ހަވީރު ކުރި މުޒާހަރާ
ގާނޫނު އަސާސީ އިސްލާހު ކުރަން މިދިޔަ އަންގާރަ ދުވަހުގެރޭ ދަންވަރު ބޭއްވި ޖަލްސާގައި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް މަޖިލީހުގެ ތަޅުމުން ނެރުމަށް ކުރި މަސައްކަތުގެ ތެރޭގައި އޭނާއަށް އަނިޔާވެފައިވާތީ ނައިފަރުގައި މިއަދު މުޒާހަރާ ކޮށްފިއެވެ.

ނައިފަރުގައި ކުރި މި އިހުތިޖާޖަކީ މަޖިލީހުގައި އެ ދާއިރާ ތަމްސީލު ކުރައްވާ މެންބަރަށް ކުރި އަނިޔާއާ ދެކޮޅު ހެދުމުގެ ގޮތުން ރަށުގެ ގިނަ ރައްޔިތުން ބައިވެރިވެގެން ބޭއްވި ސުލްހަވެރި އެއްވުމެއް ކަމަށް އެދާއިރާއަށް ނިސްބަތްވާ ޕީޕިއެމްގެ އޮފިޝަލަކު ވިދާޅުވިއެވެ. އަދި އެއްވުން ކުރިއަށް ގެންދިޔައީ އެޗްޕީއޭގެ ގައިދުރުކުރުމުގެ ހަމަތަކާ އެއް ގޮތަށް ކަން ފާހަގަކޮށްލެވެއެވެ.

މިއަދު ހަވީރު ފަހެއް ޖަހާކަށް ހާއިރު ނައިފަރުގައި ފެށި އެ މުޒާހަރާގެ ބައިވެރިން ތިބީ މާސްކް އަޅައިގެންނެވެ. އަދި ދުރުދުރުގައި ބަހައްޓާފައިވާ ގޮނޑިއެއް ކައިރީގައި ކޮންމެ ބައިވެރިޔަކު ޝުއޫރުތަކުގެ ލިއުން ލިޔެފައިވާ ބޯޑުތައް ހިފައިގެން ތިބެ ވަނީ ޝުއޫރު ފާޅުކޮށްފައެވެ.



ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުން ނައިފަރު ދާއިރާގެ މެމްބަރު ޝިޔާމްގެ ނަން އިއްވުމުން ތަޅުން ދޫކޮށް ވަޑައިނުގަތުމުން އެމްޑީޕީގެ މެމްބަރުން ވަނީ ގަދަބާރުން މަޖިލީހުގެ ތަަޅުމުން ޝިޔާމު ނެރެފައެވެ. މަޖިލީހުން ޝިޔާމް ނެރުމުގެ ތެރޭގައި އޭނާ އަށް އަނިޔާވުމުން ވަނީ އޭޑީކޭއިން ފަރުވާވެސް ހޯއްދަވައިފަ އެވެ.

ޕީޕީއެމުން ބުނެފައިވަނީ އޭނާގެ މައިބަދަ އާއި މޭކަށިގަނޑުގައި ރެދެއް ލައިފައިވާ ކަމަށެވެ. އަދި ހަތަރު ހަފްތާއަށް އޭނާ ބެޑް ރެސްޓު ކުރަން ޑޮކްޓަރުން ލަފާދީފައިވާ ކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.

އެމްޑީޕީ މެމްބަރުން ޝިޔާމު ގަޔަށް އަތްލައި މާރާމާރީ ހިންގި ކަމަށް ބުނެ އެމައްސަލަ މިހާރު ވަނީ ފުލުހަށް ހުށައަޅާފައެވެ. ފުލުހުން މިހާރު އަންނަނީ އެ މައްސަލަ ބަލަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު


18

ދޮންބެ

05-Jun-2020

ޕީޕީ މީހުން ލަދުގަންނަން ޖެހޭނެ އަދި ހަނދުމަވެސް ހުންނާނެ ތޯއްޗެ އެއްކަލަ މަޖިލީހުގެ 12 މެމްބަރަކު މަޖިލީހުގެ ތަޅުމުން ގަވައިދުތަކާ ގާނޫނުތަކުގެ ބޭރުން ނެރެ ކެޔޮޅުން ދަހި އައިނުގަ ކުރުދޮށީގަ މަސްބާނާހެން މަޖިލީސްކުރާގޭ ފާރުމަތިން އުކި ދުވަސްތައް އެހެންވީމަ 😁


10

ހމމ

05-Jun-2020

އާޓިކަލް ގެ ހެޑަލައިން ގަ އިން ނޭފަރު.. ޅ. ނައިފަރުއަށް ބަދަލް ކޮށްލާ ދެއްވާ... ބަސްކޮށާރުގަވެސް ރާއްޖޭގެ އެއްވެސް އަތޮޅެއްގަ އެއް ނެތް ނޭފަރު ކިޔާ ރަށެއް ފެންނާކަށް.



ޓްރެންޑިން