ޑައިވިނަށް ގޮސް އުޅެނިކޮށް ޙާލު ދެރަވިމީހާ ކަނޑިންމަ ރިސޯޓުގެ ޑީކޯ ޗެމްބަރަށް ގެންދަނީ
ޑައިވިނަށް ގޮސް އުޅެނިކޮށް ޙާލު ދެރަވިމީހާ ކަނޑިންމަ ރިސޯޓުގެ ޑީކޯ ޗެމްބަރަށް ގެންދަނީ
ފުވައްމުލަކުން ފީނަން ގޮސް އުޅެނިކޮށް ޑީކޯވި މަޙްމޫދު ފާއިޒް އިތުރު ފަރުވާއަށް އިންޑިއާއަށް ގެންގޮސްފިއެވެ.

ފީނަންގޮސް އުޅެނިކޮށް މަޙްމޫދު ޑީކޯވެފައިވަނީ މިމަހުގެ 2 ވަނަ ދުވަހުއެވެ. މަހުމޫދު ފާއިޒްގެ ޙާލު ގޯސްވެގެން އެންމެ ފުރަތަމަ ގެންދިޔައީ ދ. ކަނޑިންމަ މޯލްޑިވްސްގައި ހުންނަ ޑީކޮމްޕްރެޝަން ޗެމްބަރަށެވެ. ނަމަވެސް ފަހުން އޭނާ ބަދަލުކޮށްފައިވަނީ ކުރެއްދޫ ރިސޯޓުގައި ހުންނަ ހައިޕަބެރިކް ޗެމްބަށެވެ.

މަހުމޫދު އިތުރު ފަރުވާދޭން އިންޑިއާއަށް ގެންދިޔައީ ކުރެއްދޫގައި 13 ދުވަހު ފަރުވާ ދިނުމަށްފަހު ކުރެއްދޫގައި ފަރުވާ ދިން ޑޮކްޓަރާއި އައިޖީއެމްއެޗްގައި އޭނާ ބެލި ޑޮކްޓަރުން ލަފާ ދިނުމާ ގުޅިގެންނެވެ. އިންޑިއާގެ ކޮޗިންގެ އަމްރިތާ ހޮސްޕިޓަލަށް މަޙްމޫދު ފުރުވާލާފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.

ފުވައްމުލަކު "ޓައިގާ ޝާކް" ޑައިވިންގ ޕޮއިންޓަށް މަޙްމޫދާއެކު ފީނަން ފޭބި މުޙައްމަދު ސަޢީދު ވަނީ ގެއްލިފައެވެ. އޭނާ ހޯދުމަށް ކުރި މަސައްކަތުން ހަށިގަނޑު ފެނިފައިނުވާތީ އެމްއެންޑީއެފުން މިހާރުވަނީ އޭނާ ހޯދުމުގެ މަސައްކަތް ހުއްޓާލާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން