އައްޑޫއާއި ޓުޓްކޮރިންއާ ދެމެދު މޯލްޑިވްސް ސްޓޭޓް ޝިޕިން، އެމްއެސްއެސްއިން ބާއްވަމުންދިޔަ ކާގޯ ދަތުރުތައް ވަގުތީގޮތުން މެދުކަނޑާލައިފިއެވެ.
އެމްއެސްއެސްގެ އޮފިޝަލަކު ވިދާޅުވީ އައްޑޫއާއި ޓުޓްކޮރިންއާ ދެމެދު ބާއްވަމުންދިޔަ ކާގޯ ދަތުރުތައް މެދުކަނޑާލީ، އެ ދަތުރުތަކުގައި ބޭނުންކުރާ "އެމްވީ ބޮންތި 2" ބޯޓުގެ ބައެއް ހުއްދަތަައް ހަމަވެފައިވާތީކަމަށެވެ.
މި ދަތުރުތައް ހުއްޓާލާފައިވާއިރު، އެމްއެސްއެސްގެ ވިސްނުމުގައި އޮތީ އެ ދަތުރުތައް ވީހާ ވެސް އަވަހަކަށް އަލުން ފެށުމަށްކަމަށް އޮފިޝަލް ވިދާޅުވިއެވެ. އަދި ހުއްދަތަައް އާކުރަން ހުށަހަޅާފައިވީނަމަވެސް، ހުއްދަ އާ ކުރެވޭނެ ތާރީހެއް ނޭނގޭކަމަށް އެމްއެސްއެސްއިން ބުނެއެވެ.
އެމްއެސްއެސްގެ އޮފިޝަލަކު ވިދާޅުވީ އައްޑޫއާއި ޓުޓްކޮރިންއާ ދެމެދު ބާއްވަމުންދިޔަ ކާގޯ ދަތުރުތަކުގައި ބޭނުންކުރަމުންދިޔަ ބޯޓު ބާވެފައިވުމާއެކު، އެ ދަތުރުތަކަށް އައު ބޯޓެއް ހޯދުމުގެ މަސައްކަތް ކުރުމަކީ ގާތްކަމެއް ކަމަށެވެ.
އައްޑޫގެ އިތުރުން މިދަތުރުތަކުގައި ގދ. ތިނަދުއަށްވެސް އެއް ދަތުރު އެ ބޯޓުން ކުރިއެވެ. މިދަތުރުތަކުގައި އަމިއްލަ ވިޔަފާރިވެރިންގެ މުދާ ގެނައިނަމަވެސް، މައިގަނޑު ގޮތެއްގައި ގެންނަނީ އެސްޓީއޯގެ މުދަލެވެ.

ކިޔުންތެރިންގެ ހިޔާލު