ގިނަ ބަޔަކާއެކު ދަތުރުކުރަމުން ދަނިކޮށް ފަރަށް އެދި ދެ ދޯންޏެއް ފުންކޮށްފިއެވެ.
މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފައިވަނީ 8 މީހުންނާއެކު މާލެއިން ފުރައިގެން ލ. އަތޮޅަށް ދަތުރުކުރަމުންދިޔަ ”މާވަހަރު ސްޓަރ“ ނަމަކަށް ކިޔާ ބޯޓެއް މ. މުއްޔާއި މ. ކޮޅުފުއްޓާ ދެމެދުން ފަރަކަށް އަރައިގެން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް ކޯސްޓްގާޑު ސްކޮޑްރަންއިން ހަރަކާތްތެރި ވެފައިވާކަމަށާއި އަދި ގާދިއްފުށި ކައިރިން "މަންފާ" ނަމަކަށް ކިޔާ ދޯންޏެއް ފަރަށް އަރާފައިވާތީ އެ ދޯނި ކައިރީގައި ވެސް ކޯސްޓުގާޑުން ހަރަކާތްތެރި ވެފައިވާކަމަށެވެ.
އެމްއެންޑީއެފުން ދެންމެ ބުނީ، ފަރަށް އެރި "މާވަހަރު ސްޓަރ" ހަވީރު 4:30 އެހާއިރު އެމްއެންޑީއެފް ކޯސްޓްގާޑުގެ އެހީތެރިކަމާއިއެކު ފުންކޮށްފައިވާކަމަށެވެ. އަދި ފަރަށް އެރި ދެވަނަ ދޯނި ކަމަށްވާ "މަންފާ" ދޯނި ވެސް މިއަދު ހަވީރު 4:20 އެހާއިރު ފުންކޮށްފައިވާ ކަމަށެވެ.
މި ދެ ހާދިސާގައި ވެސް އެއްވެސް މީހަކަށް އަނިޔާވިކަމަކަށް އެމްއެންޑީއެފުން ބުނެފައެއް ނުވެއެވެ.
މިދުވަސްވަރަކީ ރާއްޖެ ސަރަހައްދަށް މޫސުން ގޯސްވެ ކަނޑުގަދަ ދުވަސްވަރެކެވެ. އެހެންކަމުން މި ދުވަސްވަރު މިފަދަ ހާދިސާތައް ހިންގުންވަނީ އިތުރުވެފައިކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު