މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅާލުމަށް އެޅުމަށް ހަމަޖެހިފައިވާ ތިލަމާލެ ބްރިޖު ހެދުމަށް ބޭނުންވާ ރެޑީ މިކްސް ކޮންކްރީޓް ޓެސްޓް ކޮށްފައިވާ ކަމަށް އެސްޓީއޯ އިން ބުނެފިއެވެ.
އެސްޓީއޯ އިން ބުނީ ރެޑީ މިކްސް ކޮންކްރީޓް ސިމެންތި ޓެސްޓް ކުރީ މާލޭގެ ސިނާއީ އޭރިއާގައި ރޭގައި ކަމަށެވެ. އެ ޓެސްޓް ކާމިޔާބު ކަމަށް އެސްޓީއޯ އިން ބުނެ އެވެ.
ރާއްޖޭގައި ކުރިއަށް ގެންދާ ތަރައްގީގެ އެންމެ ބޮޑު މަޝްރޫއުގެ ތެރޭގައި ހިމެނޭ ތިލަމާލެ ބްރިޖު މަޝްރޫއުގައި ބައިވެރިވުމަށް ފުރުސަތު ދިނީތީވެ އެސްޓީއޯ އިން ވަނީ އިންޑިއާ ސަރުކާރަށް ޝުކުުރު އަދާކޮށްފައެވެ.
ތިލަމާލެ ބްރިޖަށް އެސްޓީއޯ އިން ވަނީ ސްޕެޝަލް ގްރޭޑް، ހައިގްރޭޑް ސްޓްރެންތް ރެޑީމިކްސް ކޮންކްރީޓް ތިން މިލިއަން ޑޮލަރަށް ސަޕްލައި ކޮށްދޭން ނިންމާފައެވެ.
ތިލަމާލެ ބްރިޖުއަޅާ އިންޑިއާގެ އެފްކޮން އާއި އެސްޓީއޯއާއެކު ރެޑީމިކްސް ސަޕްލައި ކޮށްދޭން އެއްބަސްވުމެއްގައި ސޮއިކުރީ މިމަހުގެ 14 ވަނަ ދުވަހުއެވެ. އެއްބަސްވުމުގެ ދަށުން 7،500 ކިއުބިކް މީޓަރުގެ ރެޑީމިކްސް ކޮންކުރީޓް އެސްޓީއޯއިން ފޯރުކޮށްދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ.
އެސްޓީއޯ އިން ރެޑީމިކްސް ސަޕްލައި ކުރަނީ ތިލަމާލެ ބްރިޖުގެ މާލެކޮޅާއި ވިލިމާލެކޮޅުގެ އެއްގަމަށް ބްރިޖު ލޭންޑް ކުރާ ސަރަހައްދަށް އެޅުމަށް ކަމަށް އެ ކުންފުނިން ބުނެ އެެވެ.
ގްރޭޓަރ މާލެ ކަނެކްޓިވިޓީ ބްރިޖްގެ މަސައްކަތް މިދިޔަ 2021 ވަނަ އަހަރުގެ އޮގަސްޓްމަހުގެ 26 ވަނަ ދުވަހު ހަވާލުކޮށްފައިވަނީ އިންޑިއާގެ އެފްކޮން ކުންފުންޏާއެވެ. ގްރޭޓަރ މާލެ ކަނެކްޓިވިޓީ ބްރިޖް މަޝްރޫޢުގެ ދަށުން މާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ގުޅާލާނެއެވެ.
6.7 ކިލޯ މީޓަރު ދިގު މި ލިންކްގެ، ދެރަށް ދޭތެރޭ ކަނޑުގައި އަޅާ މައި ބްރިޖްތަކުގައި 140 ކިލޯ މީޓަރު ހުންނާނެއެވެ. އަދި ފުން ފަޅުތަކުގައި 1.45 ކިލޯ މީޓަރަށް މެރިން ވިއަރޑަކްޓް، އަދި މޫދު/ ގޮނޑުދޮށުގައި 2.32 ކިލޯ މީޓަރަށް މެރިން ވިއަރޑަކްޓް އަދި ބިމާ އެއްހަމައެއްގައި 2.96 ކިލޯ މީޓަރުގެ މަގު ހެދުން ހިމެނެއެވެ.
މިއީ 500 މިލިއަން ޑޮލަރު ނުވަަތަ 7 ބިލިއަނަށްވުރެ ގިނަ ރުފިޔާގެ މަޝްރޫޢެކެވެ. މި މަޝްރޫޢު ކުރިއަށް ގެންދަނީ އިންޑިއާ ސަރުކާރުން ދޭ 100 މިލިއަން ޑޮލަރުގެ ގްރާންޓާއި 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓާއެކުއެވެ.

It was a great privilege for us to have the opportunity to supply ready mix concrete to Thilamale' Bridge Project, one of the largest infrastructure development projects in Maldives. pic.twitter.com/WocPDNe7Ah
— STO Construction (@STOconstruction) May 22, 2022
ތިލަމާލެ ބްރިޖަށް އެސްޓީއޯ އިން ވަނީ ސްޕެޝަލް ގްރޭޑް، ހައިގްރޭޑް ސްޓްރެންތް ރެޑީމިކްސް ކޮންކްރީޓް ތިން މިލިއަން ޑޮލަރަށް ސަޕްލައި ކޮށްދޭން ނިންމާފައެވެ.
ތިލަމާލެ ބްރިޖުއަޅާ އިންޑިއާގެ އެފްކޮން އާއި އެސްޓީއޯއާއެކު ރެޑީމިކްސް ސަޕްލައި ކޮށްދޭން އެއްބަސްވުމެއްގައި ސޮއިކުރީ މިމަހުގެ 14 ވަނަ ދުވަހުއެވެ. އެއްބަސްވުމުގެ ދަށުން 7،500 ކިއުބިކް މީޓަރުގެ ރެޑީމިކްސް ކޮންކުރީޓް އެސްޓީއޯއިން ފޯރުކޮށްދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ.
އެސްޓީއޯ އިން ރެޑީމިކްސް ސަޕްލައި ކުރަނީ ތިލަމާލެ ބްރިޖުގެ މާލެކޮޅާއި ވިލިމާލެކޮޅުގެ އެއްގަމަށް ބްރިޖު ލޭންޑް ކުރާ ސަރަހައްދަށް އެޅުމަށް ކަމަށް އެ ކުންފުނިން ބުނެ އެެވެ.
ގްރޭޓަރ މާލެ ކަނެކްޓިވިޓީ ބްރިޖްގެ މަސައްކަތް މިދިޔަ 2021 ވަނަ އަހަރުގެ އޮގަސްޓްމަހުގެ 26 ވަނަ ދުވަހު ހަވާލުކޮށްފައިވަނީ އިންޑިއާގެ އެފްކޮން ކުންފުންޏާއެވެ. ގްރޭޓަރ މާލެ ކަނެކްޓިވިޓީ ބްރިޖް މަޝްރޫޢުގެ ދަށުން މާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ގުޅާލާނެއެވެ.
6.7 ކިލޯ މީޓަރު ދިގު މި ލިންކްގެ، ދެރަށް ދޭތެރޭ ކަނޑުގައި އަޅާ މައި ބްރިޖްތަކުގައި 140 ކިލޯ މީޓަރު ހުންނާނެއެވެ. އަދި ފުން ފަޅުތަކުގައި 1.45 ކިލޯ މީޓަރަށް މެރިން ވިއަރޑަކްޓް، އަދި މޫދު/ ގޮނޑުދޮށުގައި 2.32 ކިލޯ މީޓަރަށް މެރިން ވިއަރޑަކްޓް އަދި ބިމާ އެއްހަމައެއްގައި 2.96 ކިލޯ މީޓަރުގެ މަގު ހެދުން ހިމެނެއެވެ.
މިއީ 500 މިލިއަން ޑޮލަރު ނުވަަތަ 7 ބިލިއަނަށްވުރެ ގިނަ ރުފިޔާގެ މަޝްރޫޢެކެވެ. މި މަޝްރޫޢު ކުރިއަށް ގެންދަނީ އިންޑިއާ ސަރުކާރުން ދޭ 100 މިލިއަން ޑޮލަރުގެ ގްރާންޓާއި 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓާއެކުއެވެ.
ކިޔުންތެރިންގެ ހިޔާލު