ލ. ގާދޫއާއި ހއ. މުލިދޫން ދަނޑުވެރިންނަށް މިއަހަރު ބިން ދޫކުރަން ތައްޔާރުވަމުންދާކަމަށް އެގްރޯ ނެޓުން ބުނެފިއެވެ.
ދަނޑުވެރިކަން ކުރިއެރުވުމަށް ސަރުކާރުން އުފައްދާފައިވާ އެގްރޯނެޓުން ބުނީ އެގްރޯނެޓަށް ސަރުކާރުން ދޫކޮށްފައިވާ 2 ރަށުން މިއަހަރުގެ ތެރޭގައި ދަނޑުވެރިންނަށް ބިން ދޫކުރާނެކަމަށެވެ. އެގްރޯނެޓަށް ސަރުކާރުން ދޫކޮށްފައިވާ 2 ރަށަކީ ލ. ގާދޫއާއި ހއ. މުލިދޫއެވެ.
ދައުލަތުގެ މީޑިއާއަށް މައުލޫމާތުދެމުން އެގްރޯނެޓުން ބުނީ ކުންފުންޏާއި ހަވާލުކޮށްފައި އޮތް 2 ރަށް ތަރައްޤީކޮށް އެ 2 ރަށުން ދަނޑުވެރިންނަށް ދަނޑުވެރިކަން ކުރުމަށް ބިން ދޫކުރުމަކީ މިއަހަރުގެ ތެރޭގައި އެގްރޯނެޓުން ކުރާނެ އެންމެ ބޮޑު އެއް މަސައްކަތްކަމަށެވެ.
މި 2 ރަށުން ދަނޑުވެރިންނަށް ބިން ދޫކުރުމުގެ އުސޫލެއް މިހާރު އެކުލަވާލަމުންދާކަމަށާއި މި ރަށް ތަރައްޤީކުރާނީ ދަނޑުވެރިކަން ކުރަން ބޭނުންވާ ސާމާނާއި އިންތިޒާމާއިއެކުގައިކަމަށް އެގްރޯނެޓުން ބުނެއެވެ.
އެގްރޯނެޓްގައި 2000 އަށްވުރެ ދަނޑުވެރިން މިހާރުވެސް ވަނީ ރަޖިސްޓްރީވެފައެވެ. އެ ކުންފުންޏާއެކު ސޮއިކޮށްގެން 1000 ދަނޑުވެރިން މަސައްކަތް ކުރާއިރު، އޭގެތެރެއިން ދަނޑުގައި ތަކެތި އިންދައިގެން މަސައްކަތްކުރާ 300 އަށްވުރެ ދަނޑުވެރިން އެބަތިބިކަމަށް އެގްރޯނެޓުން ވިދާޅުވެއެވެ.

ކިޔުންތެރިންގެ ހިޔާލު