މާލޭގެ އަލިކިލެގެފާނު މަގުގައި ހުރި ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން މިރޭ ބުނީ، މި ހާދިސާގައި އަލިފާން ރޯވެފައި ވަނީ އަލިކިލޭގެފާނުމަގުގައި ހުރި ”ޒަމާނީ ގުލްޝަން“ ނަމަކަށް ކިޔާ ގެއެއްގެ 6 ވަނަ ފަންގިފިލާގައި ކަމަށާއި މި ހާދިސާގެ ރިޕޯޓް ލިބިފައި ވަނީ މިރޭ 8:21 ގައި ކަމަށެވެ.
އަދި، މި ހާދިސާގައި ރޯވި އަލިފާންގަނޑު މިރޭގެ 8:39 އެހާއިރު އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ނިއްވާލާފައިވާކަމަށް ވެސް އެމްއެންޑީއެފުން ބުނެފައިވެއެވެ.
ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވިނަމަވެސް ގޭގައި ގެންގުޅޭ ބައެއް ސާމާނަށް ގެއްލުންލިބިފައި ވާކަމަށް އެމްއެންޑީއެފުން ބުނެއެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އެމްއެންޑީއެފުން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު