މަސްވެރިކަމަށް ނުކުމެ އުޅުނު މަސްވެރިއަކު ހާލުދެރަވެގެން ސިފައިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

އެމްއެންޑީއެފުން ބުނީ، މ. ތުވަރުން 9 ނޯޓިކަލް މޭލު ބޭރުން މަސްވެރިކަން ކުރަން އުޅުނު "ސިލްވަރީ" ދޯނީގައި ހުރި އުމުރުން 58 އަހަރުގެ ފަޅުވެރިއަކު ހާލު ދެރަވެގެން، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑު ސްކޮޑްރަން އިން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.

އެގޮތުން، ކޯސްޓްގާޑުގެ އެހީގައި އެމީހާ، މުލީ ރީޖަނަލް ހޮސްޕިޓަލަށް މިހާރު ގެންގޮސްދީފައިވާކަމަށް ވެސް އެމްއެންޑީއެފުން ވަނީ ބުނެފައެވެ. ނަމަވެސް، އޭނާގެ ހާލު ދެރަވާން ދިމާވި ސަބަބެއް އަދި މިހާތަނަށް އެމްއެންޑީއެފުން ހާމަ ކޮށްފައެއް ނުވެއެވެ.



މިފަދަ އިތުރު ހާދިސާއެއް މިއަދުވަނީ ހިނގާފައެވެ. އެހާދިސާގައި ތ. އަތޮޅު ތެރޭގައި އެންހިފަން އުޅުނު "ދިރުން 2" ދޯނީގައި ހުރި އުމުރުން 45 އަހަރުގެ ފަޅުވެރިއަކު، އެން ހިފަން މޫދަށް ފައިބާ އުޅުމުގެ ތެރޭގައި ހާލު ދެރަވެގެން އެމްއެންޑީއެފުންވަނީ އޭނާ ދ. ކުޑަހުވަދޫ ހޮސްޕިޓަލަށް ގެންގޮސްދިނުމުގައި އެހީތެރިކަން ފޯރުކޮށްދީފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން