ޢާއްމުންނަށް ނޭނގި ސިޔާސީ ޕާޓީތަކަށް ވައްދާ މައްސަލަ މަޖިލީހުގެ ތަޅުމުން ބޭރުކޮށްފިއެވެ.
މިއަދުއޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެ މައްސަލަ ހުށައެޅުއްވީ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ޢުމަރެވެ.
އާދަމް ޝަރީފް ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވަނީ ސިޔާސީ ޕާޓީއަށް ވަނުމާއި ވަކިވުމަކީ ގާނޫނުއަސާސީން ކޮންމެ ރައްޔިތަކަށްވެސް ލިބިގެންވާ ހައްގެއް ކަމަށެވެ. ނަމަވެސް އާންމުންނަށް ނޭނގި ސިޔާސީ ޕާޓީތަކަށް ވެއްދުމާއި ވަކިކުރުމާއި ސިޔާސީ ޕާޓީތަކުގެ މެންބަރުން އެހެން ޕާޓީތަކަށް ބަދަލުކުރުން ފަދަ ކަންކަން މިހާރު ވަރަށް ބޮޑަށް އިތުރުވެފައިވާކަން މައްސަލައިގައި ފާހަގަކޮށްފައިވެއެވެ.
އެކަމުގެ ސަބަބުން މަލްޓި ޕާޓީ ސިސްޓަމަށް ރައްޔިތުން ކުރާ އިތުބާރު ކުޑަވުމާއި، އާންމު ރައްޔިތުންނަށް ގިނަގުނަ ސިޔާސީ އަދި އިޖުތިމާއީ މައްސަލަތައް އެފަދަ އަމަލުތަކުގެ ސަބަބުން ކުރިމަތިވަމުންދާ ކަމަށްވެސް މައްސަލާގައިވެއެވެ.
ހަމައެއާއެކު އާންމުންނަށް ނޭނގި ޕާޓީތަކަށް ވެއްދުމާއި ވަކިކުރުމަކީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ ދަށުން ޕާޓީތަކަށް ލިބިދޭ އިމްތިޔާޒުތަކާ ބީރަށްޓެހި ކަމެއް ކަމަށް މައްސަލައިގައި ބުނެފައިވެއެވެ. އަދި އެއީ ޕާޓީތަކުގެ އިމްތިޔާޒުތަކަށް އުނިކަން ލިބޭ ކަމެއް ކަމަށާއި، ނުހައްގު މާލީ ފައިދާއާއި ގެއްލުން ސިޔާސީ ޕާޓީތަކަށް ލިބެމުން ދާކަމަށް އާދަމް ޝަރީފް ހުށައެޅުއްވި މައްސަލާގައިވެއެވެ.
މިމައްސަލަ މަޖިލީހަށް ބަލައިގަތުމާމެދު ނެގި ވޯޓުގައި މައްސަލަ ބަލައިގަތުމަށް ތާއީދުކުރެއްވީ 10 މެންބަރުންނެެވެ. މައްސަލަ ބަލައިގަތުމާ ދެކޮަޅަށް 17 މެންބަރުން ވަނީ ވޯޓު ދެއްވާފައެވެ.
ސައްހަ ނޫން ފޯމް ބޭނުންކޮށްގެން ސިޔާސީ ޕާޓީތަކަށް މީހުން ވެއްދުމުގެ މައްސަލައަކީ ރާއްޖޭގައި ގިނަ ދުވަސްވީ ބޮޑު މައްސަލައެކެވެ. އެކަމަށް ޙައްލެއް ހޯދުމުގެ ގޮތުން އީސީން ވަނީ، އިއްޔެއިން ފެށިގެން ޕާޓީތަކަށް ވަންނަ މީހުންގެ މައުލޫމާތު އީސީގެ ވެބްސައިޓުގައި އާންމުކުރުމުގެ އިތުރުން އެމީހަކަށްވެސް މެސެޖަކުން އެކަން އަންގަން ނިންމާފަ އެވެ.
އީސީން އާއްމުކޮށްފައިވާ ލިސްޓުގައި ހިމަނާފައިވަނީ ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ 23 ފޯމާއި މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ)ގެ 105 ފޯމާއި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ 245 ފޯމެވެ.
އީސީން ވަނީ ކޮމިޝަންގެ ވެބްސައިޓުން ފެންނަ ލިސްޓާ ގުޅޭގޮތުން އެއްވެސް ޝަކުވާއެއް ވާނަމަ ޝަކުވާ ހުށައަޅާ ފޯމު މެދުވެރިކޮށް، 29 މޭ 2022 ވާ އާދީއްތަ ދުވަހުގެ މެންދުރު ފަހުގެ 15:00 ގެ ކުރީން އީސީގެ މައިއިދާރާއަށް ވަޑައިގެން ފޯމު ހުށަހަޅައިގެން ނުވަތަ ކޮމިޝަންގެ އީމެއިލް އެޑްރެހަށް ފޯމު ފޮނުވައިގެން ޝަކުވާ ހުށަހެޅުމަށް އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު