މާލޭގައި ހިންގާ ކަންމަތީ ފިހާރައެއް
މާލޭގައި ހިންގާ ކަންމަތީ ފިހާރައެއް
މިހާރު މާލޭ ސަރަހައްދުގައި އިޢުލާންކޮށްފައިވާ ލޮކްޑައުންގެ ހަލަތަށް ލުއިތަކެއް ދިނުމާއެކު، އެ ލުއިތަކުގެ ތެރޭގައި ހިމެނިފައިވާ ވިޔަފާރިތަކަށާއި އިޖުތިމާއީ ހިދުމަތްދޭ ފަރާތްތަކަށް ދޫކުރާ ހުއްދަ ވެސް، ފުލުހުން މެދުވެރިކޮށް ހޯދަންޖެހޭގޮތަށް ހަމަޖައްސައިފިއެވެ.

ފުލުހުންނާއި މާލޭ ސިޓީ ކައުންސިލް ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް މީގެކުރިން ވިދާޅުވީ ވިޔަފާރިތަކާ ގުޅިގެން ނަގާ ހުއްދަތަކަށް ދެން އެދެން ޖެހޭނީ ސިޓީ ކައުންސިލްގެ ޕޯޓަލް މެދުވެރިކޮަށް ކަމަށެވެ. ނަމަވެސް އެ ހުށަހެޅުންތަކުގެ ސައްހަކަން ކަށަަވަރުކުރުމަށް ފަހު ހުއްދަ ދޭނީ ފުލުހުން ކަމަށް ޝަމާއު އޭރު ވިދާޅުވިއެވެ.

ފުލުހުން ރޭ ބުނެފައިވަނީ ޕޮލިސް އޮންލައިން ޕޯޓަލް މެދުވެރިކޮށް، ބިޒްނަޒް ޕާމިޓް ހޯދަން މިހާރު އެދެވޭނެ ކަމަށެވެ.

ފުލުހުންގެ އޮންލައިން ޕޯޓަލްގައި ބިޒްނަސް ކެޓަގަރީއެއް ފުރަތަމަ ހިމަނާފައިނެތް ނަމަވެސް، މިހާރު އެ ކެޓެގަރީ އަލުން ހިމަނައި، ވިޔަފާރިތަކަށް ދޭ ހުއްދަ ވެސް ފުލުހުންގެ ޕޯޓަލް މެދުވެރިކޮށް ދޫކުރާ ގޮތަށް ހަމަޖައްސައިފައިވާ ކަމަށް ފުލުހުން ބުނެއެވެ. މި ބަދަލު ގެނައި ސަބަބު ސާފު ނުވި ނަމަވެސް، ފުލުހުންގެ ޕޯޓަލު މެދުވެރިކޮށް ވިޔަފާރިތަކަށް ހުއްދަ ދޫކުރުން ބަދަލުކުރުމުން، އިތުރު އުނދަގޫތަކެއް ކުރިމަތިވާކަމަށް ބުނެ ގިނަ ބަޔަކު ވަނީ އެކަމާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ.

ވިޔަފާރި ހުއްދަ ދިނުން ފުލުހުންގެ ޕޯޓަލަށް ބަދަލުކޮށްފައިވާއިރު ކޯވިޑްް-19އާއި ގުޅިގެން ދޭ ވިޔަފާރި ހުއްދަ ދިނުން ސިޓީކައުންސިލަށް ބަދަލުކުރުމުން ވިޔަފާރި ހުއްދަ ދޫކުރުން އަވަސް ކުރުމަށް ސިޓީ ކައުންސިލްގެ މެމްބަރުން ނާޖާއިޒު ފައިދާ ހޯދަން އެދޭކަމުގެ ތުހުމަތުތަކެއް ދާދިފަހުން ވަނީ ފެންމަތިކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން