ރައްޔިތުންްގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު މަޖިލީހުގެ ކޮމިޓީތަކުގެ މުގައްރިރުންނާ ބައްދަލު ކުރައްވަނީ
ރައްޔިތުންްގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު މަޖިލީހުގެ ކޮމިޓީތަކުގެ މުގައްރިރުންނާ ބައްދަލު ކުރައްވަނީ
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު މަޖިލީހުގެ ކޮމިޓީތަކުގެ މުޤައްރިރުންނާ މިއަދު ބައްދަލުކުރައްވައިިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން ބުނީ މިއަދު ހެނދުނު 10:00 ގައި ބޭއްވި އެ ބައްދަލުވުމުގައި މަޝްވަރާކުރައްވާފައި ވަނީ ކޮމިޓީތަކުގައި މިހާރު ކުރިއަށްދާ މަސައްކަތްތަކާއި ކުރިއަށް އޮތްތަނުގައި ކޮމިޓީތަކުގެ މަސައްކަތް ކުރިއަށް ގެންދާނެ ގޮތަކާއި މެދުގައި ކަމަށެވެ.

އެ ބައްދަލުވުމުގައި ކޮމިޓީތަކުގެ މުގައްރިރުން ބައިވެރިވެވަޑައިގަންނަވާފައި ވަނީ އެޗްޕީއޭއިން ކަނޑައަޅާފައިވާ އިޖުތިމާއީ ގައިދުރުކުރުމުގެ އުސޫލާއި އެއްގޮތަށް، ދުރުދުރުގައި މާސްކް އަޅައިގެން ތިއްބަވައިގެން ކަން މަޖިލީހުގެ އިދާރާ އިން އާންމުކޮށްފައިވާ ފޮޓޯތަކުން ހާމަވެއެވެ.

މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދު މަޖިލީހުގެ ކޮމެޓީތަކުގެ މުގައްރިރުންނާއި ބައްދަލުކުރައްވާފައިވާއިރު މިދަނޑިވަޅަކީ ކޮމެޓީތަކަށް ގިނަ މައްސަލަތަކެއް ހުށައެޅިފައިވާ ވަގުތެއް ކަންވެސް ފާހަގަކޮށްލެވެއެވެ. މަޖިލީހުގެ ރައީސް މީގެ ކުރިންވެސް ކޮމިޓީ ތަކަށް ވަޑައިގެން މަސައްކަތްތައް އަވަސް ކުރެއްވުމަށް ބާރު އަޅުއްވާފައިވާކަން ބައެއް މެންބަރުން ތަޅުމުގައި ދައްކަވާފައިވާ ވާހަކަ ތަކުން ހާމަވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން