ޤާނޫނުއަސާސީ އިސްލާހުކުރަން މިދިޔަ ހުކުރު ދުވަހުގެ ރޭ ބޭއްވި މަޖިލީހުގެ ޖަލްސާގައި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ އެންގުމާއި ޚިލާފަށް ގައިދުރުކަން ނަގާލާފައިވާ މެމްބަރުންގެ މައްޗަށް ދައުވާ ކުރަން ޖެހޭކަމަށް ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމް ވިދާޅުވެއްޖެއެވެ.
ހައިލަމް ކުރެއްވި ޓްވީޓެއްގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް ޓެގްކުރައްވާ ވިދާޅުވެފައިވަނީ އެޗްޕީއޭގެ އެންގުމާއި ޚިލާފަށް މަގުމަތީގައި އުޅޭ މީހުންނަށް ޕީޖީއިން ދައުވާ ކުރާ ފަދައިން މަޖިލީހުގައި އެޗްޕީއޭގެ އެންގުމާއި ޚިލާފްވީ ފަރާތްތަކަށް ޤާނޫނުލް އުޤޫބާތުގެ 533 ވަނަ މާއްދާގެ ދަށުން ދައުވާ ކުރަން ޖެހޭ ކަމަށެވެ.
މަޖިލީހުގެ ތަޅުމުގައި ހިނގާކަމަކާއި މެދު ދައުވާ ނުކުރެވޭނެކަމަށް ބައެއް ފަރާތްތަކުން ދައްކާ ވާހަކަތަކަށް އިޝާރަތް ކުރައްވަމުން ހައިލަމް ވިދާޅުވީ މަޖިލިސް މެންބަރުންނަށް ލިބިދެވޭ އިމްތިޔާޒަކީ މަޖިލީހުގެ ޖަލްސާއެއްގައި ނުވަތަ ކޮމިޓީއެއްގައި އިސްލާމް ދީނުގެ އަޞްލަކާ ޚިލާފުނުވާ ގޮތުގެމަތިން ދައްކާ ވާހަކައަކާ ގުޅިގެން ލިބދެވޭ އިމްތިޔާޒެއް ކަމަށެވެ.
ޤާނޫނާ ޚިލާފު ޢަމަލުތަކެއް ކުރުމަކީ އެއިމްތިޔާޒުގެ ތެރޭގައި ހިމެނޭ ކަމެއް ނޫންކަމަށް ހައިލަމް ވިދާޅުވިއެވެ.
"ޢާންމު މީހެއްގެ މައްޗަށް ދަޢުވާ ކުރެވޭނަމަ މަޖިލިސް މެންބަރެއްގެ މައްޗަށްވެސް އެދަޢުވާ ކުރަންޖެހޭނެ. މައިމޫނާއަށް އެބާރު ދެއްވީ މަޖިލީހުން ހެދި ޤާނޫނަކުން. އިމްތިޔާޒުގެ ޤާނޫނުގެ 3 ވަނަ މާއްދާއާއި 90 ވަނަ މާއްދާ އިން އެކަން ސާފުކޮށް އެނގޭ." ފަނޑިޔާރު ކަމުގައި ހުންނަވަނިކޮށް މަގާމުން ވަކިކުރި ހައިލަމްގެ ޓުވީޓްގައިވެއެވެ.
ރައްކާތެރި ފިޔަވަޅުތަކާއިއެކު މަޖިލީހުގެ ޖަލްސާތައް، މަޖިލީހުގެ ތަޅުމުގައި ބާއްވަން ފަށައިފައިވާއިރު ޖަލްސާތަކަށް މެންބަރުން ވަޑައިގަންނަވާ ހިސާބުން ފެށިގެން ޖަލްސާ ނިމެންދެން ކަންކުރާނެ ޚާއްޞަ އުސޫލު ތަކެއް ތަންފީޒު ކޮށްދިނުމަށް އެޗްޕީއޭއިން ވަނި ފުލުހުންނަށް އަންގާފައެވެ.
އެހެން ނަމަވެސް 2 ޖޫންގައި ބޭއްވި މަޖިލީހުގެ ޖަލްސާގައި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމުގެ ނަން އިއްވައި މަޖިލީހުގެ ތަޅުމުން އޭނާ ބޭރު ކުރުމަށް ކުރި މަސައްކަތުގައި ހިނގި ހަމަނުޖެހުމުގެ ތެރޭގައި މެންބަރުން ބޮނޑިވެ، އެކަކު އަނެކެއްގެ ގަޔަށް އަތްލައި، ހިފައި، އޮޅުލާ ހަދާފައި ވަނީ އެޗްޕީއޭ އިން ޖަލްސާ ބާއްވަން ހުއްދަ ދިން މިންގަނޑާއި މުޅިން ޚިލާފަށެވެ. އަދި އެކަން މެންބަރުންނަށް ހަނދާކޮށްދީ މެންބަރުން އުސޫލުގެ ތެރެއަށް ވެއްދުމަށް މަޖިލީހުގެ ރިޔާސަތުން ވެސް މަސައްކަތް ކުރައްވާ ތަނެއް ފެނިފައެއް ނުވެއެވެ.

އެޗްޕީއޭގެ އެންގުމާ ޚިލާފަށް މަގުމަތީގައި އުޅޭ ފަރާތްތަކުގެ މައްޗަށް ދަޢުވާކުރާ އުޞޫލުން، އެޗްޕީއޭގެ އެންގުމާ ޚިލާފަށް މަޖިލީހުގައި ގައިދުރުކަން ނަގައިލި މެންބަރުންގެ މައްޗަށްވެސް ޢުޤޫބާތުގެ 533 މާއްދާގެ ދަށުން ޤާނޫނު ހިންގުމަށް ހުރަސްއެޅުމުގެ ކުށުގެ ދަޢުވާކުރަންޖެހޭ. @PGO_MV
— Ahmed Hailam (@AhmedHailam) June 4, 2020
ރައްކާތެރި ފިޔަވަޅުތަކާއިއެކު މަޖިލީހުގެ ޖަލްސާތައް، މަޖިލީހުގެ ތަޅުމުގައި ބާއްވަން ފަށައިފައިވާއިރު ޖަލްސާތަކަށް މެންބަރުން ވަޑައިގަންނަވާ ހިސާބުން ފެށިގެން ޖަލްސާ ނިމެންދެން ކަންކުރާނެ ޚާއްޞަ އުސޫލު ތަކެއް ތަންފީޒު ކޮށްދިނުމަށް އެޗްޕީއޭއިން ވަނި ފުލުހުންނަށް އަންގާފައެވެ.
އެހެން ނަމަވެސް 2 ޖޫންގައި ބޭއްވި މަޖިލީހުގެ ޖަލްސާގައި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމުގެ ނަން އިއްވައި މަޖިލީހުގެ ތަޅުމުން އޭނާ ބޭރު ކުރުމަށް ކުރި މަސައްކަތުގައި ހިނގި ހަމަނުޖެހުމުގެ ތެރޭގައި މެންބަރުން ބޮނޑިވެ، އެކަކު އަނެކެއްގެ ގަޔަށް އަތްލައި، ހިފައި، އޮޅުލާ ހަދާފައި ވަނީ އެޗްޕީއޭ އިން ޖަލްސާ ބާއްވަން ހުއްދަ ދިން މިންގަނޑާއި މުޅިން ޚިލާފަށެވެ. އަދި އެކަން މެންބަރުންނަށް ހަނދާކޮށްދީ މެންބަރުން އުސޫލުގެ ތެރެއަށް ވެއްދުމަށް މަޖިލީހުގެ ރިޔާސަތުން ވެސް މަސައްކަތް ކުރައްވާ ތަނެއް ފެނިފައެއް ނުވެއެވެ.
ކިޔުންތެރިންގެ ހިޔާލު