ޕޮލިސް ސިޓީ އަކަށް މާލެ ބަދަލުވުން ރަނގަޅު ނޫން ކަމަށް ވިދާޅުވެ މާލޭގެ މޭޔަރު ޝިފާ މުހަންމަދުގެ ފުލުހުންނަށް ބަހުގެ ހަމަލާއެއް ދެއްވައިފިއެވެ.
މާލޭގެ މޭޔަރު ޝިފާ މުހަންމަދު މިހެން ވިދާޅުވީ މާލެ ސަރަހައްދުގައި އިއުލާން ކޮށްފައިވާ ލޮކްޑައުންގެ ހާލަތު ލުއިކުރަން ފެށުމާއެކު، މާލޭ ސިޓީކައުންސިލްގެ ޕޯޓަލް މެދުވެރިކޮށް ބިޒްނަސް ޕާމިޓް ހޯދަން އެދޭ ގޮތަށް ހަމަޖައްސާފައި އޮތް އޮތުން ކުއްލި ގޮތަކަށް ބަދަލުވެ، އެ ހުއްދަ ފުލުހުން ދޭން ފެށި މައްސަލައިގައި ކަންބޮޑުވުން ފާޅުކުރައްވައި މިއަދު ކުރެއްވި ޓުވީޓެއްގައެވެ.
ޝިފާ ވިދާޅުވީ ފުލުހުންގެ ޕޯޓަލް މެދުވެރިކޮށް ބިޒްނަސް ޕާމިޓް ދޫކުރަން ފެށީ ސިޓީ ކައުންސިލަށް ވެސް ނޭނގި ކަމަށެވެ.
"ޕޮލިސް ސިޓީއަކަށް (މާލެ) ބަދަލުވުން ރަނގަަޅެއް ނޫން." މޭޔަރުގެ ކަންބޮޑުވެ ވަޑައިގެންނެވުން ފާޅުކުރައްވަމުން ވިދާޅުވިއެވެ.
އެންއީއޯސީން މީގެ ކުރިން ބޭއްވި ޕްރެސް ބްރީފިންގައި މާލޭ ސިޓީ ކައުންސިލުން ބުނެފައި ވަނީ ބިޒްނަސް ޕާމިޓަށް އެދެވޭނީ ސިޓީކައުންސިލްގެ ޕޯޓަލް މެދުވެރިކޮށް ކަމަށެވެ. އެހެން ނަމަވެސް ކުއްލިގޮތަކަށް ފުލުހުންގެ ޕޯޓަލުން އެ ހުއްދަ އަށް އެދޭގޮތަށް މިހާރު ވަނީ ހަމަޖައްސާފައެވެ.
މިގޮތަށް ބަދަލު ކުރަން ޖެހުނީ ކޮން ސަބަބަކާހުރެކަން ރަސްމީކޮށް އާންމުކޮށްފައި ނުވި ނަމަވެސް ސިޓީ ކައުންސިލުން ވިޔަފާރި ހުއްދަ ދޫކުރުމުގައި ޚިދުމަތް އަވަސް ކުރުމަށް ކަމަށްބުނެ ނާޖާއިޒު ފައިދާ ނަގާކަމަށް ބުނާ މައްސަލަތަކެއް މީގެ ކުރިން ވަނީ ފެންމަތި ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު