ސިޔާސީ ވެރިންގެ ބޭނުންތަކަށްޓަކައި ދިވެހިން ނިކަމެތިވާނެ ކަންކަން ކޮށްގެން ނުވާނެ ކަމަށް ވިދާޅުވެ ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އިދިކޮޅު ލީޑަރ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ފާޑު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިއަދު ވިދާޅުވީ ސިޔާސީ ވެރިންގެ ސިޔާސީ ބޭނުމަށް ދިވެހިން ބާކީވެ ނިކަމެތިވާނެ ކަންކަން ނުކުރުމަށް ހުރިހާ ސިޔާސީ ވެރިން ވިސްނަވަންވާނެ ކަމަށެވެ. ރައީސް ނަޝީދު މިމޭރުމުން ވިދާޅުވެފައިވަނީ ރައީސް ޔާމީން އިސްވެ ހުންނަވައިގެން ކުރިއަށް ގެންދަވާ "އިންޑިއާ އައުޓް" ކެމްޕޭނާ ގުޅިގެންނެވެ.
ރައީސް ނަޝީދު ވަނީ ދިވެހިން "ބާކީ"ވާނެ ކަމެއް އެއްވެސް ސިޔާސީ ވެރިޔަކު ކުރަށްވައިގެން ނުވާނެކަމަށް ވިދާޅުވެފައެވެ.
"އިންޑިއާއާ ދެކޮޅަށް ހިންގާ ކެމްޕެއިން އަކީ ދިވެހިންގެ ތާއީދު އޮތް ކަމެއް ނޫންކަން ސާބިތުވަނީ އެކަމުގައި ބައިވެރިވާ މީހުންގެ އަދަދު މަދުކަމުން." ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.
އިންޑިއާ އާއި ސިޔާސީގޮތުން ގާތް ގުޅުމެއް ބާއްވަވާ ރައީސް މުޙައްމަދު ނަޝީދު މީގެ ކުރިން ވަނީ އަވައްޓެރި ޤައުމުތަކުގެ ދާޚިލީ ކަންކަމާ ގުޅޭގޮތުން ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގައި ބަހުސްކުރުމުގެ ފުރުސަތު ދިނުމަކީ ފެނިވަޑައިގަންނަވާ ކަމެއް ނޫން ކަމަށްވެސް ވިދާޅުވެފައެވެ. އަދި ޑިމޮކްރެޓިކް ހަމަތަކުގެ ތެރެއިންވެސް އެކަން ނުކުރެވޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
އޭގެ އިތުރުން އިންޑިއާ އައުޓް ޙަރަކާތުގެ ސަބަބުން ދިވެހިންނަށް ލިބޭނީ ގެއްލުންކަމަށް ވިދާޅުވެ އެޙަރަކާތުގައި ބައިވެރިނުވުމަށް ރައީސް ނަޝީދު ވަނީ އެދިވަޑައިގެންފައެވެ.
"ޕީޕީއެމްގެ މެންބަރުން ކިބައިން ވަރަށް އިޚްލާސްތެރިކަމާއެކު އަޅުގަނޑު އެދެނީ ޤައުމުތަކާއި އިދިކޮޅު ޙަރަކާތުގައި ބައިވެރިވެ ނުލެއްވުމަށް." ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.
އިދިކޮޅުން ކުރިއަށް ގެންދާ އިންޑިއާ އައުޓް ހަރަކާތް ރަށްރަށުގައި ފުޅާކުރުމުގެ ގޮތުން، ރައީސް ޔާމީން ވަނީ އަތޮޅުތެރޭގެ ރަށްރަށަށް ވަޑައިގެން، އެ ހަރަކާތްތަކުގައި ބައިވެރިވެ ވަޑައިގެންފައެވެ. ހަމަ އެއާއެކު މާލޭގައިވެސް ސިލްސިލާކޮށް އިހުތިޖާޖުތައް ބާއްވައި، އިދިކޮޅުން ދަނީ އިންޑިއާ ސިފައިން މިގައުމުން ބޭރު ކުރުމަށް ގޮވާލަމުންނެވެ.
"އިންޑިއާ އައުޓް" ޙަރަކާތާއި ގުޅިގެން ރައީސް ޞާލިޙް ވަނީ ރިޔާސީ ޤަރާރެއްވެސް ނެރުއްވާފައެވެ. ރައީސްގެ ގަރާރުގައި ވިދާޅުވީ، އިންޑިއާއާ މެދު ނަފްރަތު އުފައްދަން ހިންގާ އެ ހަރަކާތަކީ ގައުމީ ސަލާމަތަށް ނުރައްކާވާ ހިސާބަށް ގޮސްފައިވާ ހަރަކާތެއްކަން ސާފުކޮށް އެނގޭ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮތް އަމާންކަމާއި ދާހިލީ ހަމަޖެހުން ނަގާލައި، ސަރަހައްދީ ސަލާމަތާއި ރައްކާތެރިކަން ވެސް ގެއްލުވައިލާ ކަމަށް ވިދާޅުވިއެވެ.
އެ ގަރާރަކީ ބާތިލު ގަރާރެއް ކަމަށް ކަނޑައަޅައިދިނުމަށްއެދި ޕީޕީއެމުން ވަނީ އެމައްސަލަވެސް ސިވިލް ކޯޓަށް ހުށަހަޅައިފައެވެ.

Siyaasee veringe siyaasee beynumah takai Dhivehin baakeeve nikamethi vaane kankan nukurumah huriha siyaasee verin visnavan vaane. India aai dhekolhah hingaa campaign akee Dhivehinge thaaidhu oiy kameh noon kan saabith vanee ekamugai baiveri vaa meehun madhukamun #Baakeenuvey
— Mohamed Nasheed (@MohamedNasheed) May 26, 2022
އިންޑިއާ އާއި ސިޔާސީގޮތުން ގާތް ގުޅުމެއް ބާއްވަވާ ރައީސް މުޙައްމަދު ނަޝީދު މީގެ ކުރިން ވަނީ އަވައްޓެރި ޤައުމުތަކުގެ ދާޚިލީ ކަންކަމާ ގުޅޭގޮތުން ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގައި ބަހުސްކުރުމުގެ ފުރުސަތު ދިނުމަކީ ފެނިވަޑައިގަންނަވާ ކަމެއް ނޫން ކަމަށްވެސް ވިދާޅުވެފައެވެ. އަދި ޑިމޮކްރެޓިކް ހަމަތަކުގެ ތެރެއިންވެސް އެކަން ނުކުރެވޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
އޭގެ އިތުރުން އިންޑިއާ އައުޓް ޙަރަކާތުގެ ސަބަބުން ދިވެހިންނަށް ލިބޭނީ ގެއްލުންކަމަށް ވިދާޅުވެ އެޙަރަކާތުގައި ބައިވެރިނުވުމަށް ރައީސް ނަޝީދު ވަނީ އެދިވަޑައިގެންފައެވެ.
"ޕީޕީއެމްގެ މެންބަރުން ކިބައިން ވަރަށް އިޚްލާސްތެރިކަމާއެކު އަޅުގަނޑު އެދެނީ ޤައުމުތަކާއި އިދިކޮޅު ޙަރަކާތުގައި ބައިވެރިވެ ނުލެއްވުމަށް." ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.
އިދިކޮޅުން ކުރިއަށް ގެންދާ އިންޑިއާ އައުޓް ހަރަކާތް ރަށްރަށުގައި ފުޅާކުރުމުގެ ގޮތުން، ރައީސް ޔާމީން ވަނީ އަތޮޅުތެރޭގެ ރަށްރަށަށް ވަޑައިގެން، އެ ހަރަކާތްތަކުގައި ބައިވެރިވެ ވަޑައިގެންފައެވެ. ހަމަ އެއާއެކު މާލޭގައިވެސް ސިލްސިލާކޮށް އިހުތިޖާޖުތައް ބާއްވައި، އިދިކޮޅުން ދަނީ އިންޑިއާ ސިފައިން މިގައުމުން ބޭރު ކުރުމަށް ގޮވާލަމުންނެވެ.
"އިންޑިއާ އައުޓް" ޙަރަކާތާއި ގުޅިގެން ރައީސް ޞާލިޙް ވަނީ ރިޔާސީ ޤަރާރެއްވެސް ނެރުއްވާފައެވެ. ރައީސްގެ ގަރާރުގައި ވިދާޅުވީ، އިންޑިއާއާ މެދު ނަފްރަތު އުފައްދަން ހިންގާ އެ ހަރަކާތަކީ ގައުމީ ސަލާމަތަށް ނުރައްކާވާ ހިސާބަށް ގޮސްފައިވާ ހަރަކާތެއްކަން ސާފުކޮށް އެނގޭ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮތް އަމާންކަމާއި ދާހިލީ ހަމަޖެހުން ނަގާލައި، ސަރަހައްދީ ސަލާމަތާއި ރައްކާތެރިކަން ވެސް ގެއްލުވައިލާ ކަމަށް ވިދާޅުވިއެވެ.
އެ ގަރާރަކީ ބާތިލު ގަރާރެއް ކަމަށް ކަނޑައަޅައިދިނުމަށްއެދި ޕީޕީއެމުން ވަނީ އެމައްސަލަވެސް ސިވިލް ކޯޓަށް ހުށަހަޅައިފައެވެ.
ކިޔުންތެރިންގެ ހިޔާލު