ޅ. މާބިންހުރާގެ ނެރު މައްޗަށް "އުއްމީދު" ދޯނި އުރިފައި
ޅ. މާބިންހުރާގެ ނެރު މައްޗަށް "އުއްމީދު" ދޯނި އުރިފައި
ޅ. މާބިންހުރާގެ ނެރު މައްޗަށް ދޯންޏެއް އުރިއްޖެއެވެ.

އެމްއެންޑީއެފުން ބުނީ، "އުއްމީދު" ނަމަކަށް ކިޔާ ދޯންޏެއް މާބިންހުރާ ނެރު މައްޗަށް އުރުނުކަމުގެ މައުލޫމާތު ލިބިފައިވަނީ މިއަދު ހެނދުނު 11:15 ހާއިރު ކަމަށެވެ.

ރިސޯޓެއް ތަރައްގީކުރަން ދޫކޮށްފައިވާ މާބިންހުރާ ނެރުމައްޗަށް "އުއްމީދު" ދޯނި އުރުމާ ގުޅިގެން އެ ސަރަހައްދުގައި އެމްއެންޑީއެފްގެ ނޮދަން އޭރިއާ ކޯސްޓްގާޑު ސްކޮޑްރަނުން ހަރަކާތްތެރިވަމުންދާ ކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއެވެ.



މި ޙާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިވާކަމުގެ މަޢުލޫމާތު އެމްއެންޑީއެފުން ދީފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން