ހިޔާ މަޝްރޫޢުގެ ފްލެޓްތައް- މަސައްކަތް ނިމިފައިވާތާ އެތައް ދުވަހެއް ވީއިރުވެސް ފްލެޓް ހަވާލު ކުރުމުގެ މަސައްކަތް އަދި ނުފެށޭ
ހިޔާ މަޝްރޫޢުގެ ފްލެޓްތައް- މަސައްކަތް ނިމިފައިވާތާ އެތައް ދުވަހެއް ވީއިރުވެސް ފްލެޓް ހަވާލު ކުރުމުގެ މަސައްކަތް އަދި ނުފެށޭ
ރައީސް ޔާމިން ސަރުކާރުގައި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އަޅާފައިވާ ހިޔާ މަޝްރޫއުގެ 7000 ފްލެޓް ދޫކުރުމުގެ މަސައްކަތް ޖުލައި މަހުގައި ފަށާނެ ކަމަށް ހައުސިން މިނިސްޓަރު އައިމިނަތު އާތިފާ ކޮމިޓީގައި ވިދާޅުވި ނަމަވެސް އެއީ އެކަމަނާއަށް އެރި އޮޅުމެއްކަން ހާމަވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހައުސިން މިނިސްޓަރ އައިމިނަތު އާތިފާ ވިދާޅުވީ ފްލެޓަށް އެދި ހުށައަޅާފައިވާ މީހުންގެ ލިސްޓް އެސެސްޓް ކޮށް ހާލަތު ބެލުމުގެ މަސައްކަތް ރައީސް އޮފީހުގެ ކޮމެޓީއަކުން މިހާރު ކުރަމުންދާ ކަމަށެވެ.

އެގޮތުން އެ ލިސްޓުގައިވާ ފަރާތްތަކުގެ އެހެން ތަނެއްގައި ގެދޮރު ހުރިތޯ މިހާރު ކޮމެޓީން ބަލަމުން އަންނަ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މާލެ ސަރަހައްދު ލޮކްޑައުން ކުރުމުގެ ކުރިން ކޮމިޓީއާ ހައުސިން މިނިސްޓްރީއިން ވާހަކަ ދެއްކިއިރު ލިބުނު މައުލޫމާތުގެ އަލީގައި އާތިފާ ވިދާޅުވީ އޭރު އޮތީ ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އެސެސްމެންޓްގެ މަސައްކަތް ނިމޭވަރުގައި ކަމަށެވެ.

މިނިސްޓަރު އާތިފާ މިއަދު ކޮމެޓީގައި ވިދާޅުވީ އެމަސައްކަތް މަޑުޖެހުނީ ލޮކްޑައުން ކުރުމާ ގުޅިގެން ކަމަށެވެ. އެހެން ނަމަވެސް ސަރުކާރު ހުޅުވުމުން އަލުން އެ މަސައްކަތް ފެށިގެން ދާނެ ކަމަށް އާތިފާ ވިދާޅުވިއެވެ.

މިނިސްޓަރުގެ ފަރާތުން ތާރީހެއްގެ ޖަވާބު ނުލިބުމުން ކޮމިޓީގެ މެންބަރުން، ސީދާ ތާރީހެއް ދެއްވުމަށް އެދިވަޑައިގެން ތަކުރާރުކޮށް ސުވާލުކުރުމުން އެންމެ ފަހުން މިނިސްޓަރު އާތިފާ ވިދާޅުވެފައިވަނީ އަންނަ ޖުލައި މަސް ނިމެންވާއިރަށް ފުލެޓް ހަވާލު ކުރެވިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

"އަޅުގަނޑުމެން މިނިސްޓްރީން މި ދަނީ ޑޭޓާ ޕްރޮސެސް ކުރުމުގެ މަސައްކަތް. އެ މަސައްކަތް ވެސް 90 ޕަސެންޓް ނިމިފައި އޮތީ. އެހެންވީމަ އަޅުގަނޑު އުއްމީދު ކުރަނީ ޖުލައި މަސް ނިމޭއިރު ހަވާލު ކުރެވޭ ވަރު ވާނެ ކަމަށް."  ހައުސިން މިނިސްޓަރު ވިދާޅުވިއެވެ.

އާތިފާ ކޮމިޓީގައި ދެއްކެވި ވާހަކަ ތަކަށް ބަލާއިރު އެކަމަނާއަށް މިކަމުގެ މާބޮޑު މައުލޫމާތެއް އަދި ވާނުވާއެއްވެސް އެނގިވަޑައިގަންނަވާ ކަމަކަށް ނުބެލެވެއެވެ. ރައްޔިތުންގެ މަޖިލީހުގައި ޖުލައިމަހުގެ ނިޔަލަށް ފްލެޓްތައް ހަވާލު ކުރުމުގެ މަސައްކަތް ކުރައްވާނަމޭ ވިދާޅުވި ނަމަވެސް އެކަމަނާ ކޮމިޓީން ނުކުމެ ވަޑައިގެން މިނިސްޓްރީން އާންމު ކުރި މައުލޫމާތުގައި ވަނީ ޖުލައި މަހުގެ ތެރޭގައި އަދިވެސް ކުރެއްވެނީ ލިސްޓް ފައިނަލް ކުރުމުގެ މަސައްކަތްކަމަށެވެ. އަދި ފްލެޓްތައް ސެޕްޓެމްބަރަށް ނިންމައި އަމާޒަކީ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ފަދައިން މިއަހަރު ނިމުމުގެ ކުރިން ހިޔާ މަޝްރޫޢުގެ ފްލެޓްތައް ހަވާލުކޮށް ނިންމުން ކަމުގައި މިނިސްޓްރީން އާންމު ކުރި މައުލޫތުގައި ވެއެވެ.



ވަޒީރު ކޮމިޓީގައި ދެއްކެވި ވާހަކައިން ސާފުކޮށް އެއްވެސް ކަމެއް، އަދި އެއްވެސް ތާރީޚެއްވެސް އޮޅުމެއް ނުފިލައެވެ. އެހެން ކަމުން ގިނަ މީޑިޔާތަކުން ވެސް ރިޕޯޓްކޮށްފައިވަނީ ޖުލައި މަގުގެ ތެރޭގައި ފްލެޓް ހަވާލުކުރަން ފަށާނެ ކަމަށެވެ.

ރައީސް ޔާމީންގެ ސަރުކާރުގައި އެޅި އެ ފްލެޓްތައް ދޫކުރާ ލިސްޓުގައި އެންމެ ހާލުގައި ތިބި ރައްޔިތުން ހިމަނާފައި ނުވާ ކަމަށާއި އެ ލިސްޓުގައި އޮތީ އޭރުގެ ސަރުކާރުގެ އިސް ބޭފުޅުންގެ ގާތް މީހުން ކަމަށް އެމްޑީޕީން ވަނީ ތުހުމަތުކޮށްފައެވެ. އެ މައްސަލަ ބަލައި ފްލެޓްތައް ސީދާ ހައްގުވާ މީހުނަށް ހަވާލު ކުރުމަކީ ރައީސް ސޯލިހްގެ ރިޔާސީ ވައުދެއް ކަން ފާހަގަކޮށްލެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން