މޭމަހެއްގައި އެންމެ ގިނައިން ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރުމުގެ އައު ރެކޯޑެއް ގާއިމުކޮށްފިއެވެ.

ފަތުރުވެރިކަމާބެހޭ ވުޒާރާއިން ބުނީ މޭމަހެއްގައި އެންމެ ގިނައިން މިހާތަނަށް ފަތުރުވެރިން އައިސްފައިވަނީ 2019 ވަނަ އަހަރުގެ މޭމަހުކަމަށެވެ. އެއީ 103022 ފަތުރުވެރިންނެވެ.

2019 ވަނަ އަހަރަކީ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައުމުގެ ރެކޯޑްވެސް ގާއިމްކޮށްފައިވާ އަހަރެވެ.



ފަތުރުވެރިކަމާބެހޭ ވުޒާރާއިން ބުނީ 2019 ވަނަ އަހަރުގެ މޭމަހު ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދަށްވުރެ މި ހިނގާ މޭމަހުގެ މިހާތަނަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އިތުރުވެ، އައު ރެކޯޑެއް ގާއިމްކޮށްފައިވާކަމަށެވެ. އެގޮތުން މިމަހުގެ މިހާތަނަށް ރާއްޖެއަށް 125000 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާކަމަށް ޓޫރިޒަމަށް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

ޓޫރިޒަމް މިނިސްޓްރީން ފާހަގަކުރާ ގޮތުގައި ކުރިން ވަކި ސީޒަނެއްގައި ފަތުރުވެރިންގެ އަދަދު އިތުރުވި ނަމަވެސް، މިހާރު އެކަން ބަދަލުވެ، އަަހަރު ހުރިހާ ހިސާބެއްގައިވެސް ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވަމުންދާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން