ސަރުކާރުގެ ތަރައްގީގެ އެޖެންޑާގެ ލަނޑުދަނޑިތައް ހާސިލު ކުރުމުގައި ރައްޔިތުންގެ މަޖިލީހަކީ މުހިންމު ބައިވެރިއެއް ކަމަށާއި މިކަން ހާސިލު ކުރުމުގައި މަސައްކަތް ކުރާނީ ދެފަރާތް ގުޅިގެން އެކުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.
ރައީސް އިބްރާހިމް މުހައްމަދު ޞާލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ބޭއްވެވި ބައްދަލު ކުރެއްވުމަށްފަހު އެކަން ހާމަ ކުރައްވައި ރައީސް ޞާލިޙް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދެބޭފުޅުންގެ މި ބައްދަލު ކުރެއްވުމަކި ވަރަށް މުހިންމު ކަންކަމުގައި ވާހަކަ ދެކެވިގެން ދިޔަ ބައްދަލު ކުރެއްވުމެއް ކަމަށެވެ.
ރައީސް ސޯލިހް މަޖިލީހުގެ ރައީސް، ރައީސް ނަޝީދާއި ބައްދަލުކުރެއްވީ މިއަދު ރިޔާސީ ގަނޑުވަރު މުލީއާގޭގައެވެ. ދެ ބޭފުޅުން ބައްދަލު ކުރެއްވީ މާސްކް އަޅުއްވައިގެން ތިއްބަވައެވެ.
ރައީސް ޞާލިހް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިސްކަން ދޭންވީ ކަންތައްތަކާއި ސަރުކާރުގެ ތަރައްޤީގެ އެޖެންޑާ ތަންފީޒު ކުރުމުގައި އަމާޒު ހިފަންވީ ކަންކަމާއި ގުޅޭ ގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވެވި ކަމަށެވެ. މަސައްކަތް ކުރައްވަނީ ދިވެހި ރައްޔިތުންނަށްޓަކައި އެކުގައި މަސައްކަތްކޮށް ލަނޑުދަނޑިތައް ހާސިލް ކުރަން ކަމަށް ވެސް ރައީސް ޞާލިހް ވިދާޅުވިއެވެ.
މިބައްދަލުވުމާއި ގުޅޭ ގޮތުން ރައީސް އޮފީހުންނާއި ރައްޔިތުންގެ މަޖިލީހުން އަދި އެއްވެސް އެއްޗެއް ނުބުނެއެވެ.ރައީސް ޞާލިހާއި ރައީސް ނަޝީދު މިއަދު ބައްދަލު ކުރައްވާފައި މިވަނީ ފަހަކަށް އައިސް ދެބޭފުޅުންގެ ގުޅުން ރަނގަޅު ނޫންކަމުގެ އަޑުތައް ގަދަވެފައި ވަނިކޮށް ކަން ފާހަގަކޮށްލެވެއެވެ. ކޯވިޑް 19 އާއި ގުޅިގެން ސަރުކާރުގެ ނިއްމުންތަކަށް ރައީސް ނަޝީދު މިފަހުން ވަރަށް ބޮޑަށް ފާޑުވިދާޅުވެފައިވާކަންވެސް ގިނަ ބަޔަކު ފާހަގަ ކުރެއެވެ. މީގެއިތުރުން ލޯކަލްކައުންސިލް އިންތިޚާބުގެ މައްސަލައިގައި ގާނޫނު އަސާސީއަށް އިސްލާހު ގެނައުމާމެދުވެސް ރައީސް ޞާލިހާއި ރައީސް ނަޝީދުގެ ޚިޔާލުފުޅު ވަރަށް ބޮޑަށް ވަނީ ތަފާތުވެ ދެކަފި ވެފައެވެ.
މިއަދުގެ ބައްދަލުވުމަށް ފަހު ދެބޭފުޅުން ވަރަށް އެކުވެރިކަމާއެކު މުލީއާގެ އިން ނުކުމެ ވަޑައިގެންނެވި މަންޒަރުތައް ފެންނަ ފޮޓޯތައް ވެސް ރައީސް ޞޯލިހުގެ ޓްވީޓްގައި ހިމަނުއްވާފައި ވެއެވެ.

Had a very engaging discussion with Speaker of Majlis President @MohamedNasheed where we discussed priorities and areas of focus in our development agenda. The People’s Majlis is an important partner to achieve these goals and together we will work for all Maldivians. pic.twitter.com/54oEIP3fFc
— Ibrahim Mohamed Solih (@ibusolih) June 4, 2020
މިއަދުގެ ބައްދަލުވުމަށް ފަހު ދެބޭފުޅުން ވަރަށް އެކުވެރިކަމާއެކު މުލީއާގެ އިން ނުކުމެ ވަޑައިގެންނެވި މަންޒަރުތައް ފެންނަ ފޮޓޯތައް ވެސް ރައީސް ޞޯލިހުގެ ޓްވީޓްގައި ހިމަނުއްވާފައި ވެއެވެ.
ކިޔުންތެރިންގެ ހިޔާލު