ކޯވިޑް-19 އާާާާއި ގުޅިގެން ފްރަންޓްލައިންގައި މަސައްކަތްކުރާ ސިއްހީ އެހީތެރިންގެ ޓީމެއް ހަރަކާތްތެރިވަނީ
ކޯވިޑް-19 އާާާާއި ގުޅިގެން ފްރަންޓްލައިންގައި މަސައްކަތްކުރާ ސިއްހީ އެހީތެރިންގެ ޓީމެއް ހަރަކާތްތެރިވަނީ
ރާއްޖެއިން އިތުރު 22 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެ 4 މީހަކު ބަލިން ރަނގަޅުވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ 10 މީހުންނާއި، އިންޑިއާގެ ތިން މީހުންގެ އިތުރުން ނުވަ ދިވެހިން ކަމަށެވެ.

މި އަދަދާއި އެކު ރާއްޖޭގައި ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 1872 ށް އަރާފަ އެވެ. އެކްޓިވް ކޭސްތަކުގެ އަދަދުތައް ވަނީ 1197 ން 1215 ށް އިތުރުވެފަ އެވެ.

މިއަދު ބަލިން ރަނގަޅުވި 4 މީހުންނާއެކު ރާއްޖެއިން ކޯވިޑް-19 ޖެހިގެން ރަނގަޅުވި މީހުންގެ އަދަދު ވަނީ 648 އަށް އަރާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން