ރައީސް ނަަޝީދު މުލީއާގެއިން ނުކުމެވަޑައިގެން މީހަކާ ބައްދަލު ކުރައްވަނީ
ރައީސް ނަަޝީދު މުލީއާގެއިން ނުކުމެވަޑައިގެން މީހަކާ ބައްދަލު ކުރައްވަނީ
ފުރަބަންދުގަައި ރޯމަސް ޑެލިވަރީ ކުރުމުގެ ޚިދުމަތުގައި އުޅޭ މީހުންނަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދު ޝުކުރު އަދާކުރައްވައިފިއެވެ.

ރައީސް އިބުރާހިމް މުހަންމަދު ސޯލިހާއި ބައްދަލުކުރެއްވުމަށްފަހު މުލީއާގޭގެ ބޭރުގައި ހުންނަވައި މަޖިލީހުގެ ރައީސް މުހަންމަދު ނަޝީދު ވަނީ ރޯމަސް ޑެލިވަރީ ކުރުމުގެ މަސައްކަތް ކުރަމުންދިޔަ މީހަކު ސައިކަލުގައި ދަނިކޮށް އޭނާ ހުއްޓުވައި ވާހަކަފުޅު ދައްކަވާ އޭނާގެ މަސައްކަތްތައް އޮޅުންފިލުއްވާފައެވެ.

އެއަށްފަހު ރައީސް މުހަންމަދު ނަޝީދު ކުރެއްވި ޓުވީޓެއްގައި އެމަނިކުފާނާއި މުލީއާގެ ސަރަހައްދުން މިއަދު ބައެއް މީހުންނާއި ބައްދަލުވި ކަމަށް ވިދާޅުވިއެވެ. "އޭގެތެރެއިން ވެސް މިދަތި އުދަނގޫ ހާލަތުގައި ވެސް އަަޅުގަނޑުމެންނަށް ރޯމަސް ގަނެ ޑެލިވަރީ ކުރުމުގެ ޚިދުމަތުގައި ދެމި ތިއްބެވި ބޭފުޅުން ފާހަގަކުރެވޭ، ފަށްފަށުން ޝުކުރިއްޔާ" ލޮކްޑައުންގެ ހާލަތުގައި ތަފާތު މަސައްކަތް ކުރާ ފަރާތްތަކަށް ހިއްވަރު ދެއްވައި ރޯމަސް ޑެލިވަރީ ކުރާ މީހުންގެ އަގު ވަޒަން ކުރައްވަމުން ރައީސް ނަޝީދު ވިދާޅުވިއެވެ.



ރައީސް އިބްރާހިމް މުހައްމަދު ޞާލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިއަދު ބޭއްވެވި ބައްދަލު ކުރެއްވުމަށްފަހު އެކަން ހާމަ ކުރައްވައި ރައީސް ޞާލިޙް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދެބޭފުޅުންގެ މި ބައްދަލު ކުރެއްވުމަކީ ވަރަށް މުހިންމު ކަންކަމުގައި ވާހަކަ ދެކެވިގެން ދިޔަ ބައްދަލު ކުރެއްވުމެއް ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު


17

ފަރާ

05-Jun-2020

ސަރުކާރުން އެއްްމެ މީހަކަށް ހުއްދަ ދީގެން ވަކިފަރުދަކަށް ވަކި ފައިދާއެއް ހޯއްދަވާ ދެއްވާކަން ފާހަގަ ކޮއްލަން, ހުސްވިހަފްތާގެ ހޮނިހިރު ދުވަހު ބޭނިމަސް އަދި ނުވިއްކި ދޯނި ތަކުގަ އެބަހުރި... ބުރަމަސައްކަތް ކޮއްގެން އައިސް މިޖެހެނީ ހަމައެކަނި މާލޭގަ މަސްވިއްކާ ހުއްދަ އޮތްމީހާ ބުނާ އަގުގަ އޭނަޔަށް ކިރާލަން... މަސްވެރިންގެ އަތުން އޭނަނަގަން ވަނީ 25ރ ކިލޯ.. ގަނެގެން ގޮއްސަ ވިއްކާލަނީ 75ރ, 80ރ އަށް ކިލޯ.... ކިހާބޮޑު ބޭއިންސާފެއް... ރައްޔިތުން މިކަމާ ވިސްނަވާ......



ޓްރެންޑިން