ވައިކަރަދޫ ދާއިރާގެ މެމްބަރު ޙުސައިން ޒިޔާދު (ފިއްޓޭ)
ވައިކަރަދޫ ދާއިރާގެ މެމްބަރު ޙުސައިން ޒިޔާދު (ފިއްޓޭ)
ވެރިކަންކުރާ ކޯލިޝަންގެ މައިޕާޓީ އެމްޑީޕީއަށް ނިސްބަތްވާ ވައިކަރަދޫ ދާއިރާގެ މެމްބަރު ޙުސައިން ޒިޔާދު (ފިއްޓޭ)ގެ ނަން މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގައި އޮތް މައްސަލައެއް ފެންމަތިވެއްޖެއެވެ.

އިލެކްޝަން ކޮމިޝަނުގެ ރަސްމީ ދަފްތަރުން ދައްކާގޮތުން މެންބަރު ޒިޔާދުގެ ނަން އޮތީ އެމްއެންޕީގެ ދަފްތަރުގައެވެ. އެކަމާ ގުޅިގެން މެންބަރު ޒިޔާދު ވިދާޅުވީ އެމްއެންޕީއަށް ސޮއި ކުރަށްވާފައި ނުވާނެ ކަމަށާއި އެމައްސަލަ އިލެކްޝަންސް ކޮމިޝަނަށް ހުށައަޅުއްވާނެ ކަމަށެވެ.

އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި ހުންނެވި ޒިޔާދު ވިދާޅުވީ އޭނާ ހުންނެވީ އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި ކަމަށެވެ. އަދި ތާޢީދު ކުރަށްވަނީވެސް އެމްޑީޕީއަށް ކަމަށް ޒިޔާދު ވިދާޅުވިއެވެ.

މީގެ ކުރިން އިދިކޮޅު ޕީޕީއެމުންވެސް ވަނީ އެ ޕާޓީގެ މެންބަރުންނަށް ނޭނގި އެހެން ޕާޓީތަކަށް ބަދަލުކޮށްފައިވާކަމަށް ބުނެފައެވެ. އަދި އެކަމާގުޅިގެން އަޅަންޖެހޭ ޤާނޫނީ ފިޔަވަޅު އަޅާނެކަމަށް ޕީޕީއެމުންވެސް ވަނީ ބުނެފައެވެ.

ޕާޓީތަކުގެ މެމްބަރުން އޮޅުވާލައިގެން އެހެން ޕާޓީތަކަށް ވައްދާ މައްސަލައާ ގުޅިގެން އިލެކްޝަނުންވަނީ ޕާޓީތަކަށް ވަންނަ މީހުންގެ ލިސްޓު އެކޮމިޝަންގެ ވެބްސައިޓުގައި ހާމަކުރަން ފަށާފަ އެވެ.



ކިޔުންތެރިންގެ ހިޔާލު