އައްޑޫސިޓީ އެއިމްސް ޑައިގްނޯސްޓިކް ކެއަރ އިން އެދިފައިވަނީ ސީރޮލޮޖީ ޓެސްޓްތައް ހެދުމަށް ކަމަށާއި ސީރޮލޮޖީ ޓެސްޓް އައްޑޫ ރީޖަނަލް ހޮސްޕިޓަލުންވެސް ހެދޭނެ ކަމުގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން ބުނެފިއެވެ.
އައްޑޫސިޓީ އެއިމްސް ކްލިނިކްގައި ކޯވިޑް-19 އަށް ޓެސްޓް ކުރުމަށް ހުއްދަ ހޯދުމަށް އެދުމުން އެހުއްދަ ނުދިން ކަމަށް އެތަނުން ބުނާ މައްސަލައިގައި "ރަސް އޮންލައިން" އިން ކުރި ސުވާލަކަށް ޖަވާބު ދެމުން އެޗްޕީއޭއިން ބުނީ އެކަމުގައި އެއިމްސް އަށް އަދި ވަކި އެއްޗެއް ރަސްމީކޮށް އަންގާފައި ނުވާނެ ކަމަށެވެ. އަދި އެފަރާތުން އެދިފައި ވަނީ ސީރޮލޮޖީ ޓެސްޓް ހެދުމުގެ ހުއްދަ ހޯދުމަށްކަމަށާއި ކޯވިޑް-19 އާއި ގުޅިގެން އުފައްދާފައިވާ ޓެގްގެ ލަފަޔަކީ މިވަގުތު ރަށްރަށުގައި ޕީސީއާރް ޓެސްޓް ހެދުމަށް ކަމުގައި އެޗްޕީއޭއިން ބުނެފައި ވެއެވެ.
އެޗްޕީއޭއިން ބުނީ އުސޫލެއްގެ ގޮތުން ކޯވިޑް-19 އަށް ޓެސްޓް ކުރަނީ ބަލީގެ އަލާމާތްތަކަށް ޝައްކު ކުރެވޭ މީހަކަށް ބަލި ޖެހިފައި ހުރިތޯ ނުވަތަ ނޫންތޯ ކަށަވަރު ކުރުމަށާއި ބަލި ޖެހިފައިވާ މީހަކާއި ކޮންޓެކްޓް ވެފައިވާ މީހުންނަށް ބަލި ޖެހިފައި ހުރިތޯ ބެލުމުގެ އިތުރުން ބަލިފެތުރެމުންދާ މުޖުތަމަޢެއްގައި ބަލި ޖެހިފައިވާ މީހުން ދެނެގަތުމަށެވެ.
ކޯވިޑް-19 ފެތުރޭތޯ ބެލުމަށް މުޅި ރާއްޖޭގެ އެކި ސަރައްދު ތަކުގައި، އަތޮޅުތަކާއި ރަށްތަކުން ސާމްޕަލް ނަގައިގެން ޕީސީއާރް ޓެސްޓް ހަދަމުން ގެންދާ ކަމަށް ވެސް އެޗްޕީއޭއިން ބުނެފައި ވެއެވެ. އެގޮތުން މިހާރު ސާމްޕަލް ނަގައިގެން ޓެސްޓްތައް ހަދަމުން ގެންދަނީ އައިޖީއެމް ހޮސްޕިޓަލާއި އޭޑީކޭ ހޮސްޕިޓަލާއި ފުލުހުންގެ ލެބޯޓްރީގައި ކަމަށް އެޗްޕީއޭއިން ބުނެފައި ވެއެވެ.
"އައްޑޫގައި މިހާރުވެސް، ބޭނުން ނަމަ އައްޑޫ ރީޖަނަލް ހޮސްޕިޓަލްގައި ސީރޮޖީ ޓެސްޓް ހެދޭނެ." އެޗްޕީއޭއިން ބުނެފައި ވެއެވެ.
އެޗްޕީއޭއިން ބުނީ ސީރޮލޮޖީ ޓެސްޓު ހަދައިގެން ޕޮޒިޓިވް ކަމުގައި ދެއްކި ނަމަވެސް ކަށަވަރުކޮށް ޕޮޒިޓިވް ކަން ކަނޑައެޅޭނީ ޕީސީއާރް ޓެސްޓް ހެދުމަށް ފަހުގައި ކަމަށެވެ. އެއީ ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާއިން އެކަން ކުރުމަށް ކަނޑައަޅާފައި އޮންނަ އުސޫލެވެ.
"ބަލިމަޑުކަމެއް ފެތުރެމުން ދާއިރު ސީރޮލޮޖީ ޓެސްޓް ހަދައިގެން ޕޮޒިޓިވް ވިއަސް އެކަން ކަށަވަރު ކުރުމަށްޓަކާ ޕީސީއާރް ޓެސްޓް ހަދަންޖެހޭނެ. ސީރޮލޮޖީ ޓެސްޓް ހަދައިގެން ޕޮޒިޓިވް ވިއަސް ޕޮޒިޓިވް ކަމަށް ނިންމޭނީ ޕީސީއާރް ޓެސްޓް ހަދައިގެން." އެޗްޕީއޭއިން ބުނެފައި ވެއެވެ.
ރާއްޖޭގައި ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ 1872 އަށް އަރާފަ އެވެ. މިހާރު ތިބި އެކްޓިވް ކޭސްތަކުގެ އަދަދަކީ 1215 އެވެ.

ކިޔުންތެރިންގެ ހިޔާލު