މާޒު ބޯޓު މ. މުއްޔަށް ދަތުރުކުރަމުން ދަނީ
މާޒު ބޯޓު މ. މުއްޔަށް ދަތުރުކުރަމުން ދަނީ
8 މީހުންނާއެކު މިއަދު ފަރަށް އެރި މާޒު ބޯޓު މިހާރު ފުންކޮށްފައިވާކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑީއެފުން ބުނީ، މިއަދު ހެނދުނު 10:45 ހާއިރު "މާޒު" ބޯޓު ފުންކުރެވިފައިވާ ކަމަށާއި، ބޯޓުގެ ބަނޑު ފިލާ ކުޑަކޮށް ފަޅައިގެން ގޮސްފައިވާ ކަމަށެވެ.

އެކަމާގުޅިގެން ސެންޓްރަލް އޭރިއާ ކޯސްޓްގާޑުގެ ޕަންޕެއް ބޭނުންކޮށްގެން ފެންހިއްކަމުން، މިހާރު ދޯނި ދަތުރުކުރަމުން ދަނީ މ.މުއްޔަށް ދިއުމަށް ކަމަަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވެއެވެ.

ކ.މާލެއިން ފުރައިގެން ހުވަދު އަތޮޅަށް ދަތުރުކުރަމުންދިޔަ "މާޒު" ނަމަކަށް ކިޔާ މުދާ އުފުލާ ބޯޓު ފަރަށް އަރާފައިވާ ކަމުގެ މަޢުލޫމާތު އެމްއެންޑީއެފަށް ލިބިފައިވަނީ ރޭ ފަތިހު 4:51 ގައެވެ. މި ބޯޓު ފަރަށް އަރާފައިވަނީ މ.ތުވަރުގެ އިރުއުތުރުން 8 ނޯޓިކަލް މޭލު ބޭރުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން