ކޯވިޑް-19 އިން އަރައިގަތުމާއެކު އެމްއެމްޕީއާރުސީގައި ޚިޔާނާތުގައި ހިމެނޭ ބައިވެރިންގެ މައްޗަށް ދައުވާ އުފުލަން ފޮނުވާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިރޭ ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ މީޑިޔާ ޕީއެސްއެމްގައި ވާހަކަ ދައްކަވުމް ހޯމް މިނިސްޓަރު އިމްރާން އަބުދު ﷲ ވިދާޅުވީ، އެމްއެމްޕީއާރުސީގެ 1.3 ބިލިއަން ރުފިޔާގެ ޚިޔާނާތުގެ ބައިވެރިން ކަމަށް ތުހުމަތު ކުރެވޭ މީހުންގެ ތެރެއިން އަވަހަށް ދައުވާ ކުރަން ޖެހޭ މީހުން ކަނޑައަޅެމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެ ހިޔާނާތުން މަންފާ ލިބުނު މީހުންގެ އަދަދު 260 އަށް ވުރެން މައްޗަށް އަރާއިރު އޭގެތެރެއިން ތުހުމަތުކުރެވޭ މީހުންނަށް އެއް ފަހަރާ ދައުވާ ކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް މިނިސްޓަރު އިމްރާން ވިދާޅުވިއެވެ. އެހެންކަމުން ދައުވާ ކުރުމުގައި އެންމެ އިސްކަންދޭން ޖެހޭ މީހުން ތަރުތީބު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އިމްރާން ވިދާޅުވިއެވެ.
އެ މައްސަލައިގެ ތަހުގީގުގައި އެކުގައި މަސައްކަތް ކުރުމަށް ރިޔާސީ ކޮމިޝަނާއި އޭސީސީ އާއި ފުލުހުންގެ މެދުގައި އޮނިގަނޑެއް އެކުލަވާލާފައިވާ ކަން ފާހަގަކުރަައްވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ ކޯވިޑް-19 ގެ ސަބަބުން ބައްދަލުވުންތައް ބާއްވައި ތަހުގީގު ކުރިއަށް ގެންދަނީ އޮންލައިންކޮށް ކަމަށެވެ.
"އަޅުގަނޑު ހިތުން ކޯވިޑް-19 ގެ މިދަތި ކަމުން އަރައިގަނެ އޯޕަން ވުމުގެ މަރުހަލާ ފެށިގެންދާއިރުގައި ކޯޓުތަކާ އެކުގައި އެކަންކަން ފެށިގެން ދާނެ." އިމްރާން ވިދާޅުވިއެވެ.
އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގައި އެންމެ އިސްކޮށް ބައިވެރިވި ކަމަށް ތުހުމަތުތަކެއް ކުރެވޭ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އަބްދު ﷲ ޒިޔަތު ތިއްބެވީ ގޭބަންދުގައެވެ. އެމްއެމްޕީއާރުސީގެ ފައިސާ އިން މަނީލޯންޑަރ ކުރެއްވި ކަން ސާބިތުވެ ރައީސް ޔާމިންގެ މައްޗަށް ވަނީ 5 އަހަރުގެ ޖަލުގެ ޙުކުމެއް އިއްވާފައެވެ.
އެމްއެމްޕީއާރުސީގެ މައްސަލައިގައި ހަމައެކަނި ރައީސް ޔާމިން ޖަލުގައި ހުންނެވުމަކީ އިންސާފެއް ނޫން ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.
އިދިކޮޅު ފަރާތްތަކުން މިހާރު ބުނަމުންދަނީ އެމްއެމްޕީއާރްސީގެ މައްސަލަ ބަލަން ނުކެރިގެން މިސަރުކާރަށް އުޅެނީ މިހާރުގެ ސަރުކާރުގައި ހިމެނޭ އިސް ބޭބޭފުޅުން އެޚިޔާނާތުގައި ޝާމިލުވާތީ ކަމަށެވެ. ކުރީގެ ޕީޖީ މަޖިލީހަށް ހުށައެޅުއްވި ލިސްޓުގައި ކުރީގެ ސަރުކާރާއި މިހާރުގެ ސަރުކާރުގެ އިސް ފަރާތްތަކާއި ކުރިއާއި މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ސަލާމާތީ ބާރުގެ އިސް ފަރާތްތައް ވެސް ހިމެނޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު