ޢެންއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި އިކޮނޮމިކް މިނިސްޓްރީގެ ރެޖިސްޓްރާ އޮފް ކޮމްޕެނީސް، މަރިޔަމް ވިސާމް
ޢެންއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި އިކޮނޮމިކް މިނިސްޓްރީގެ ރެޖިސްޓްރާ އޮފް ކޮމްޕެނީސް، މަރިޔަމް ވިސާމް
މިއަދުން ފެށިގެން އިކޮނޮމިކް މިނިސްޓްރީ އިން ވިޔަފާރިތަކަށާއި ކުންފުނިތަކަށް ދޫކުރާ ހުއްދަ ފުލުހުންގެ ޕޯޓަލް އިން ދޫކުރަން ފެށުމުން ވަރަށް ގިނަ ވަގުތު ސަލާމަތްކުރެވޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީގެ ރެޖިސްޓްރާ އޮފް ކޮމްޕެނީސް، މަރިޔަމް ވިސާމް ވިދާޅުވެއްޖެއެވެ.

ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިކޮނޮމިކް މިނިސްޓްރީގެ ރެޖިސްޓްރާ އޮފް ކޮމްޕެނީސް، މަރިޔަމް ވިސާމް ވިދާޅުވީ، ޕުރައިވެޓް ކުންފުނިތަކާއި އޮފީސްތައް އަދި ވިޔަފާރިތައް ހުޅުވުމުގެ ހުއްދަ މިއަދުން ފެށިގެން ދޭނީ ފުލުހުން ކަމަށެވެ. މިހާރު ގެނެވުނު ބަދަލާއެކު ވިޔަފާރި ހުއްދަ ހޯދުމަށް އެދޭ ފަރާތްތަކުން ހޭދަކުރަންޖެހޭ ވަގުތު ވަރަށް ބޮޑަށް ސަލާމަތް ކުރެވޭނެ ކަމަށް ވިސާމް ވިދާޅުވިއެވެ.

"މިހާރު ހޭދަކުރައްވަންޖެހޭ ވަގުތު ވަރަށް ބޮޑު ތަނުން ކުޑަވާނެ އެ ޕޯޓަލް މެދުވެރިކޮށް ހުށައަޅާއިރު. މިސާލަކަށް އަަޅުގަނޑުމެންގެ މިނިސްޓްރީ އަށް ހުށައަޅާއިރު އެކްސެލް ޝީޓެއްގަައި މީގެކުރިން ޕާމިޓް (ހުއްދަ) އެދެންޖެހެނީ، އެހެންވީމާ މިހާރު އިތުރު ފަސޭހަ ވެގެންދާނެ ކަމަށް އަޅުގަނޑުމެން އުއްމީދު ކުރަނީ." ވިސާމް ވިދާޅުވިއެވެ.



އޭނާ ވިދާޅުވީ، މިހާތަނަށް 4420 ފަރާތަކަށް ފުލުހުން މެދުވެރިކޮށް ޕާމިޓް ދޫކޮށްފައި ވާނެ ކަމަށެވެ. މީގެ ކުރިން ހުއްދަ އަށް އެދި ހުށައަޅައި ހުއްދަ ލިބިފައިވާ އެއްވެސް ފަރާތަކަށް ދެވަނަ ފަހަރަށް ހުއްދަ އަށް އެދި ހުށައަޅަން ނުޖެހޭނެ ކަމަށްވެސް ވިސާމް ވިދާޅުވިއެވެ. އަދި މިހާރު ހުށައަޅާފައިވާ ހުށައެޅުންތަކުގެ ތެރެއިން ހުއްދަ ނުދެވި ހުރި ހުށައެޅުންތައް ވެރިފައި ކުރުމަށް ފަހު ފުލުހުންނާއި ހިއްސާކުރާނެ ކަމަށް ވިސާމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކަސްޓަމަރުންނަށް ހުޅުވާލައިގެން ވިޔަފާރި ކުރަން ބޭނުންވާ މީހުންނާއި ހަމައެކަނި ޑެލިވަރީގެ ހިދުމަތްދޭ ތަންތަން ކަމުގައި ހިމެނޭ ފިހާރަތަކާއި ސުޕަމާޓް ތަކާއި ފާމަސީތަކުގެ އިތުރުން ދިވެހި ބޭސް ފިހާރަތަކާއި ބުކްޝޮޕްތައް އަދި ބޭކަރީ އާއި ކުޑަކުދިންގެ އެއްޗެހި ވިއްކާތަންތަންތަނަށް ވެސް ދެން ހުއްދަ ދޫކުރާނީ ފުލުހުން ކަމަށެވެ.

މީގެ އިތުރުން ސައި ހޮޓާ ތަކާއި ރެސްޓޯރަންޓްތައް އަދި ގޭބިސީތަކަށް ބޭނުންވާ އިލެކްޓްރޯނިކް ސާމާނާއި ކުޅިވަރު ކުޅޭ އެއްޗެއްސާއި ފޮތި، އަންނައުނު ފަދަ އެއްޗެހި ވިއްކާ ތަންތަނުން ވެސް ކުރިއަށް އޮތް ތަނުގައި ޖެހޭނީ ފުލުހުންގެ ޕޯޓަލް މެދުވެރިކޮށް ހުއްދައަށް އެދެން ކަމަށް ވިސާމް ވިދާޅުވި އެވެ. އަދިި މޯބައިލް ފޯނާއި މެއިންޓެނަންސް ވިޔަފާރި ކުރާ މީހުންވެސް އެދެންޖެހޭނީ ފުލުހުންގެ ހުއްދައަށް ކަމަށް އޭނާ ވިދާޅުވިއެވެ.



ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވީ ފާއިތުވި 24 ގަޑި އިރުގެ ތެރޭގައި ބިޒްނަސް ޕާމިޓަށް ހުށައަޅާފައިވާ ހުރިހާ ޕާމިޓްތަކެއް ދޫކޮށްފައި ވާނެ ކަމަށެވެ. މިހާތަނަށް 1380 ބިޒްނަސް ޕާމިޓް އަދި ސަޕޯޓް ސްޓާފުންގެ ގޮތުގައި މަސައްކަތްކުރާ މީހުންނަށް 3534 ޕާމިޓް ދޫކޮށްފައިވާއިރު ޑެލިވަރީ ކުރުމަށް 9739 ޕާމިޓް ދޫކޮށްފައިވާއިރު ސަޕޯޓް ސްޓާފުންނަށް 12180 ޕާމިޓް ދޫކޮށްފައި ވާނެ ކަމަށް ނަވީން ވިދާޅުވި އެވެ. 

މީގެ އިތުރުން ލޮކްޑައުން އަށް ދެވުނު ލުޔާއި އެކު ފަތިސް ގަޑީގައި ބޭރަށް ނުކުތުމަށް ދުވަސްވީ މީހުންނަށް ދެވެނު ހުއްދަ އާއި އެކު ބޭރަށް ނުކުތުމުގެ ޕާމިޓް 944 މީހަކަށް ދީފައިވާނެ ކަމަށް ވެސް ނަވީން ފާހަގަކުރެއްވިއެވެ.

މިސެލީނިއަސްގެ އޮޕްޝަން ނަގައިގެން ބޭރަށް ދާ މީހުންނަށް ދޭ ހުއްދަ އަކީ އެމީހުން އެދާ ތަނަކަށް ދާން ދެވޭ ހުއްދަ އެއް ކަން ފާހަގަކުރައްވަމުން ނަވީން ވިދާޅުވީ އެދާ ތާކަށް ދިއުމަށްފަހު އަނބުރާ އަންނަން ބޭނުން ނަމަ ޖެހޭނީ އަލުން ހަމަ އެ އޮޕްޝަންގައި ހުއްދަ ނަގަން ކަމަށް ނަވީން ވިދާޅުވިއެވެ. މީގެ އިތުރުން ސިނަމާލެ ބްރިޖް އަދިވެސް ރޭގަނޑު 1:00 އިން ހެނދުނު 9:00 އަށް ބަންދު ވާނެ ކަމަށް ވެސް ނަވީން ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން