އެމްޓީޑީސީގެ ބާވީސްހާސް ޙިއްސާދަރުން ތަމްސީލުކުރާނެ ބަޔަކުނެތް ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީގެ ނާއިބު ރައީސް އަޙްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
ޝަރީފް މިބީދައިން ވިދާޅުވެފައިވަނީ, ހުޅުމާލޭގައި އޮފީސް އިމާރާތެއް އެޅުމަށް އެމްޓީޑީސީން ބިމެއް ގަތުމާއި ގުޅިގެންނެވެ. އެމްޓީޑީސީން ގަނެފައިވާ 7،000 އަކަމީޓަރުގެ ބިމުގައި އެޅުމަށް ހަމަޖެހިފައިވަނީ ހަތް ބުރީގެ އިމާރާތެކެވެ.
އެކަމާގުޅިގެން ޝަރީފް ވިދާޅުވީ، ބިންގަތުމަކީ އެމްޓީޑީސީ އުފެއްދި މަޤުސަދާ ޚިލާފު ޢަމަލެއް ކަމަށެވެ. އަދި ސަރުކާރުން އެ ކުންފުނި އުފައްދާފައިވަނީ ރިސޯޓު ހިންގާނެ ތަނަވަސްކަން ނެތް ދިވެހިންނަށް ފަތުރުވެރިކަމުގެ ޙިއްސާ ހޯދައިދިނުމަށް ކަމަށް ޝަރީފް ވިދާޅުވިއެވެ. އެހެން ނަމަވެސް އެ ކުންފުނިން ބިންގަނެގެން މިހާރު މަސައްކަތް ކުރަމުންދަނީ ސަރުކާރަށް ފައިސާ ދިނުމަށްކަމަށް ޝަރީފް ތުހުމަތު ކުރެއްވިއެވެ.
ޝަރީފް ވިދާޅުވީ އެމްޓީޑީސީއަށް 3 ކޮޓަރީގެ އޮފީހަކުން ފުދޭނެ ކަމަށެވެ.
"ތިޔަ ކުންފުނީގައި ބާވީސްހާސް ޙިއްސާދާރުން ތަމްސީލް ކުރާނެ ބަޔަކުނެތް." ޝަރީފް ވިދާޅުވެފައިވެއެވެ.
އެމްޓީޑީސީގެ އޮފީސް މިހާރު ހިންގާ އިމާރާތަށް މަހަކު 70،000 ރުފިޔާ ހަރަދު ކުރަންޖެހޭތީ އަމިއްލަ އޮފީހެއް އެޅުމުން އެއީ ސަލާމަތް ކުރެވޭނެ ހަރަދު ކަމަށް އެމްޓީޑީސީން ވަނީ ބުނެފައެވެ. އެގޮތުން އެކުންފުނީގެ އައު އޮފީސް އިމާރާތް އަޅައިދޭނެ ބަޔަކު ހޯދަން ވަރަށް އަވަހަށް އިއުލާންކުރާނެ ކަމަށާއި، ގިނަވެގެން 18 މަސް ތެރޭގައި މަސައްކަތް ނިންމާލުމަކީ އަމާޒެއް ކަމުގައިވެސް އެކުންފުނިން ވަނީ ބުނެފައެވެ.
ޓޫރިޒަމްގެ މަންފާ ދިވެހި ރައްޔިތުންނަށް ސީދާގޮތެއްގައި ހޯދައިދިނުމަށް 2006 ވަނަ އަހަރު ސަރުކާރުން އުފެއްދި އެމްޓީޑީސީ އުފެއްދިތާ 14 އަހަރުވިއިރު، ގިނަދުވަސްތަކެއްގައި އެ ކުންފުނި ހިންގާފައިވަނީ ގެއްލުމުގައެވެ. އެހެން ނަމަވެސް، އެމްޓީޑީސީއަކީ ފައިދާވާ ކުންފުންޏަކަށް ބަދަލު ކުރުމަށް ސަރުކާރުން ވަނީ، ހދ. ނާގޯށި ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށް އެމްޓީޑީސީއާ ހަވާލުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު