ހުޅުމާލޭގައި އެސްޓީއޯއިން ހަދަން ފަށާފައިވާ ހޮޓާ ތަރައްގީކުރާނެ އިންވެސްޓަރަކު އެޗްޑީސީން ހޯދާފައިވާކަމަށް އެސްޓީއޯއިން ހާމަކޮށްފިއެވެ.

އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ހުސެއިން އަމްރު ވިދާޅުވީ 2019 ވަނަ އަހަރު އެސްޓީއޯގެ ހޮޓާ ގަތުމަށް އިންވެސްޓަރަކު ލިބުނުކަމަށެވެ. ނަމަވެސް ކޯވިޑާއި ގުޅިގެން އިޤްތިޞާދީ ދަތިކަމާއި ގުޅިގެން އެ ހޮޓަލަށް އިންވެސްޓުކުރަން އިންވެސްޓަރު ބޭނުންނުވީކަމަށް އަމްރު ވިދާޅުވިއެވެ.

އަމްރު ވިދާޅުވީ، މިހާރު އިންވެސްޓަރަކު ހޯދުމުގެ މަސައްކަތް ކުރަނީ އެޗްޑީސީ މެދުވެރިކޮށް ކަމަށާއި، އެގޮތަށް ނިންމީ އެ ހޮޓަލުގެ ބިމަކީ އެޗްޑީސީގެ މިލްކަކަށް ވާތީކަމަށެވެ. މީގެއިތުރުން އެތަނުގެ އެގްރީމެންޓްގެ މުއްދަތު ހަމަވާންވެސް އޮތީ ވަރަށް ކައިރީގައިކަން އަމްރު ފާހަގަކުރެއްވިއެވެ. އަދި އެޗްޑީސީން މިހާރު އިންވެސްޓަރަކު ހޯދާފައިވާކަމަށްވެސް އަމްރު ވިދާޅުވިއެވެ.

"އެޗްޑީސީން އިންވެސްޓަރަކު ހޯދައިފި، އެކަން ނިމުމާއި އެކީގައި، އެސްޓީއޯއަށް އެ ހޮޓަލުން އަތް ދޫކޮށްލެވޭނެ،" އަމްރު ވިދާޅުވިއެވެ.

އެސްޓީއޯއިން ހުޅުމާލޭގައި ހަދަން ފެށި 5 ތަރީގެ ހޮޓާގެ ކޮންކްރީޓް ހުރިހާ މަސައްކަތެއްހެން ވަނީ ނިންމާފައެވެ. އަދި މިހޮޓާ ތަރައްޤީކުރުމުގެ މަސައްކަތަށް ތައިލެންޑުގެ އެގްޒިމް ބޭންކުން ވަނީ 10 މިލިއަން ޑޮލަރުގެ ލޯނެއްވެސް ވަނީ ނަގާފައެވެ.

އެސްޓީއޯއިން ތަރައްޤީކުރަމުންދިޔަ ހޮޓަލުގެ މަސައްކަތް ހުއްޓާލީ 2014 ވަނަ އަހަރު ރައީސް އޮފީހުން އަންގައިގެނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން