ސަފާރީއެއްގެ ކަފުގައި އޮތް ދޯންޏެއް ގެއްލިގެން ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.

އެމްއެންޑީއެފުން ބުނީ މާލެއިން ފުރައިގެން ނ. ސޮނެވާ ޖާނީއަށް ދަތުރުކުރި ސަފާރީއެއްގެ ކަފުގައި އޮތް 23 ފޫޓުގެ "މާކޯނި" ނަމަކަށް ކިޔާ ފަރުމަސްވެރިކަން ކުރާ ދޯންޏެއް ކަނޑައިގެންގޮސް ގެއްލިފައިވާކަމަށެވެ. އެދޯނި ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑު ފަސްޓް ސްކޮޑްރަން އާއި ދޯނީގެ ވެރިފަރާތުން ގުޅިގެން މިހާރު ކުރަމުންދާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

ރޭ 22:35 ހާއިރު ޅ.ކުރެންދޫގެ 1 މޭލު ބޭރުން ގެއްލުނު މި ދޯންޏާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ، ލަސްނުކޮށް ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަމްބަރު 191 ނުވަތަ 3395981 އަދި 3398898 ފޯނަށް ގުޅުއްވުމަށް އެމްއެންޑީއެފް އިން ވަނީ އެދިފައެވެ.

ހަމައެއާއެކު މި ދޯނީގެ އެއްވެސް ޚަބަރެއް ވޭތޯ މި ސަރަޙައްދުން ދަތުރުކުރާ އުޅަނދުފަހަރުތަކާއި މި ހިސާބުގެ ރަށްތަކުން ބަލައިދިނުމަކީ ކޯސްޓްގާޑުގެ ވަރަށް ބޮޑު އެދުމެއް ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން